އިއްޔެ އެންމެ ވައިގަދަވީ މާލެ ސަރަހައްދަށް، ވިލާގަނޑުގައި 52 މޭލަށް ވައި ޖެހުނު

އިއްޔެ އެންމެ ވައިގަދަވީ މާލެ ސަރަހައްދުގައި ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިލް ބުނެފި އެވެ. މާލެ ސަރަހައްދު ހިމެނޭހެން ހއ. އަތޮޅުން ފެށިގެން މ އަތޮޅާއި ހަމައަށް އިއްޔެ ހެނދުނުން ފެށިގެން މިއަދު ހ...

18 May 2022 | 07:33

އިއްޔެ އެންމެ ވައިގަދަވީ މާލެ ސަރަހައްދުގައި ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިލް ބުނެފި އެވެ.

މާލެ ސަރަހައްދު ހިމެނޭހެން ހއ. އަތޮޅުން ފެށިގެން މ އަތޮޅާއި ހަމައަށް އިއްޔެ ހެނދުނުން ފެށިގެން މިއަދު ހެނދުނު ހަތެއް ޖެހުމާއި ހަމައަށް އޮތީ ރީނދޫ އެލާޓުގައި އެވެ. ސަމާލު ނެރުނީ ވައިގަދަވެ ކަނޑު ގަދަވާނެ ކަމަށް ލަފާކޮށްފައި އެވެ.

މެޓް އޮފީހުން އިއްޔެ ބުނީ މި ސަރަހައްދަށް ވައި ޖެހޭނެ ކަމަށް ލަފާ ކުރެވެނީ25 މޭލާއި30 މޭލާއި ދެމެދުގެ ބާރު މިނުގައި ކަމަށެވެ. އަދި ވިލާގަނޑުގައި50 މޭލަށް ވައިގަދަވާނެ ކަމަށެވެ.

މެޓް އޮފީހުން މިއަދު ބުނީ އިއްޔެ މާލެ ސަރަހައްދަށް24 މޭލަށް ވައި ގަދަވެފައިވާ ކަމަށެވެ. އަދި ވިލާގަނޑު52 މޭލަށް ވައިޖެހިފައިވާ ކަމަށް ބުންޏެވެ. މާލެ ސަރަހައްދުގެ ގޮތުގައި ފާހަގަކޮށްފައިވަނީ ހުޅުލެއަށް ވައިގެ ބާރުމިން ހުރިވަރެވެ.

ދެވަނައަށް އެންމެ ބާރަށް ވައި ޖެހިފައިވަނީ ކ. ގާފަރަށެވެ. އާންމުގޮތެއްގައި އެރަށް19 މޭލުގައި ވައި ޖެހުނު އިރު ވިލާގަނޑުގައި48 މޭލަށް ވައި ޖެހިފައިވެ އެވެ.

ފ. ނިލަންދޫއަށް ވިލާގަނޑުގައި45 މޭލަށް ވައި ޖެހުނެވެ. ހަނިމާދޫ، ފ. ނިލަންދޫއަށް 45 މޭލަށްވުރެ ގަދަޔަށް ވިލާގަނޑުގައި ވައި އަރާފައިވެ އެވެ.

އިއްޔެ އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ރ. ދުވާފަރަށާއި ހަނިމާދޫއަށެވެ. ދުވާފަރަށް68 މިލިލީޓަރުގެ ވާރޭ ވެހުނު އިރު ހަނިމާދޫއަށް52 މިލިލީޓަރުގެ ވާރޭ ވެހުނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް