ދައުލަތުން ބަލަހައްޓާ ކުއްޖަކު ގޮވައިގެން ފިލި މީހަކު ދެ ވަނަ ފަހަރަށް ބަންދުކޮށް މުއްދަތު ޖަހައިފި

ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުޑައަންހެން ކުއްޖަކު ގޮވައިގެން ފިލަން މަސައްކަތް ކުރި މީހަކު ދެވަނަަ ފަހަރަށް ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ. މި މައްސަލައިގަ ހިމެނޭ އަންހެން ކުއް...

18 May 2022 | 07:10

ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުޑައަންހެން ކުއްޖަކު ގޮވައިގެން ފިލަން މަސައްކަތް ކުރި މީހަކު ދެވަނަަ ފަހަރަށް ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

މި މައްސަލައިގަ ހިމެނޭ އަންހެން ކުއްޖާ އަކީ ދައުލަތުން ބަހަލައްޓާ ކުއްޖެއް ކަމަށްވިޔަސް އެކުއްޖާ ހުންނަނީ ދައުލަތުގެ ހިޔާވަހިކަމަކު ނޫނެނެވެ. މި މައްސަލައިގަ ހައްޔަރު ކުރީ އުމުރުން25 އަހަރުގެ ފިރިހެނެކެވެ.

އޭނާ ފުރަތަމަ ހައްޔަރު ކުރީ މިދިޔަ މަހު އެވެ. އެފަހަރު ބަންދުން ދޫކޮށްލީ މިދިޔަ މަހުގެ27 ވަނަ ދުވަހު އެވެ.

ފުރަތަމަ ފަހަރު ހައްޔަރު ކުރުމަށް ފަހު ދޫކޮށްލަން ޖެހުނީ އޭނާގެ މައްޗަށް ތުުހުމަތުކުރެވޭ ކުށްކުރި ކަމަށް ބާރު ލިބިދޭ ހެކި ހުށަހަޅާފައި ނެތުމުންނެވެ. އަދި ދިފާއުގައި ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށެވެ. ބަންދުން ދޫކޮށްލީ ޝަރުތު ތަކަކާއި އެކުއެވެ.

ފުލުހުން ވަނީ ފަހުން އޭނާ އާއި ދެކޮޅަށް ހެކި ހޯދައި ކޯޓު އަމުރެއްގެ ދަށުން މިމަހުގެ ދެ ވަނަ ދުވަހު އަލުން ހައްޔަރުކޮށްފަ އެވެ. އެފަހަރު އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން15 ދުވަސް ޖަހައި ދިނުމަށް ފަހު އިއްޔެ ވަނީ އެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށްދީފަ އެވެ.

މިފަހަރު އޭނާ ހައްޔަރުކޮށް ތަހުގީގު ކުރިޔަށް ގެންދަން ކޯޓުން ހުއްދަ ދިނީ އެ ކުއްޖާ އާއި އެ ފިރިހެން މީހާ ހާއްސަ ގުޅުމެއް ބާއްވާ ކަމަށް ބުނުމާއި އެ ކުއްޖާ ގޮވައިގެން އެމީހާ މާލެއަށް އައިކަން ހާމަވާ ސީސީޓީވީ ފުޓޭޖު ހުށަހެޅުމުންނެވެ.

ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުން ކުއްޖާ "ފޮރުވައިގެން" ގެންގުޅުނު މީހާ އަކީ ކުށުގެ ރެކޯޑް ގިނަ މީހެކެވެ. ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ވެސް ހައްޔަރު ކުރި މީހާގެ މައްޗަށް ފުލުހުން ކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް