ހޫނުން ސަލާމަތް ނުވެގެން އުޅެނިކޮށް ޕާކިސްތާނުގައި ކޮލެރާ އައުޓްބްރޭކެއް

ޕާކިސްތާނުގެ މެދުތެރޭގައި ހަލުވިކަމާއި ކޮލެރާ ބަލި ފެތުރެމުން އެބަދެ އެވެ. އެންމެ ފުރަތަމަ ކޮލެރާ ފެތުރެން ފަށާފައިވަނީ ފަރުބަދަމަތީ އަވަށެއް ކަމަށްވާ ޕިރްކޯހް ގައި އެވެ. މިދިޔަ އޭޕްރިލް މަހު ފަހުކޮޅު...

18 May 2022 | 06:38

ޕާކިސްތާނުގެ މެދުތެރޭގައި ހަލުވިކަމާއި ކޮލެރާ ބަލި ފެތުރެމުން އެބަދެ އެވެ.

އެންމެ ފުރަތަމަ ކޮލެރާ ފެތުރެން ފަށާފައިވަނީ ފަރުބަދަމަތީ އަވަށެއް ކަމަށްވާ ޕިރްކޯހް ގައި އެވެ. މިދިޔަ އޭޕްރިލް މަހު ފަހުކޮޅު ފުރަަތަމަ ކޭސް ފެނުނު ފަހުން މިހާތަނަށް އެ ސަރަހައްދުގެ 2،000 އަށްވުރެ ގިނަ މީހުންނަށް ވަނީ ކޮލެރާ ޖެހިފައި އެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން ހަ މީހަކު މަރުވެފައިވެ އެވެ.

އިތުރު ސަރަހައްދުތަކަށް ބަލި ފެތުރުމުގެ ބިރު އޮތުމުން އެ ގައުމުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވިދާޅުވީ ބަލިމަޑުކަމުން އެ ސަރަހައްދު ސަލާމަތް ކުރުމަށް އަވަސް އެހީ ފޯރުކޮށްދިނުމަށް ކަމާ ބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށެވެ.

އެގޮތުން ސާފު ބޯފެން ފޯރުކޮށްދިނުމަށް މޮބައިލް ފެން ޓޭންކުތައް އެ ސަރަހައްދަށް ފޮނުވުމަށް ސިފައިންނަށް އަންގަވާފައިވެ އެވެ. އަދި ބަލި ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް މެޑިކަލް ކޭމްޕެއް ފެށުމަށް ވަކި ސަރަހެއްދެއް ތައްޔާރުކުރުމަށް ބޮޑުވަޒީރު އަންގާފައިވެ އެވެ.

ޕާކިސްތާނުގެ ސިއްހީ މާހިރުން ވިދާޅުވީ ކޮލެރާ ފެތުރެން ފަށާފައިވަނީ ސާފު ބޯފެން ނުލިބި ގަރަގުވެފައިވާ ފެން އާންމުން ބޯންޖެހުމުން ކަަމަށެވެ. މިދުވަސްވަރު ސައުތް އޭޝިއާގެ ސަރަހައްދަށް ދިމާވެފައިވާ ފިނިހޫނުމިން މަތިވެ ހޫނު ގަދަވުން އެގައުގައިވެސް ދަނީ އެތައް މިލިއަން ބަޔަކު ތަހައްމަލް ކުރަމުންނެވެ.

ސާފު ބޯފެނަށް ޖެހިފައިވަނީ ހޫނު ގަދަވުމުގެ ސަބަބުން ކޯރުތަކުން ފެން ހުސްވާތީ އެވެ.

ކޮލެރާއަކީ ތަގައްޔަރުވެފައިވާ ފެން ބޮއުމުގެ ސަބަބުން ފެތުރޭ ބައްޔެކެވެ. ކޮލެރާ ޖެހުމުން ބޭރަން ހިންގައި ހޮޑުލައި ހުން އާދެ އެވެ.

ކޮންމެ އަހަރަކު ދުނިޔޭގެ އެކި ގައުމުތަކުން ކޮލެރާ ޖެހިގެން އެތައް ހާސް ބަޔަކު މަރުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް