އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، މޯލްޑިވްސް ޝިޕިން ސާވިސް(އެމްއެސްއެސް)އަށް އާ ކޮންޓެއިނާ ބޯޓެއް ގަނެ، މުވައްޒަފުން ހޯދުމަށް އިއުލާނުކޮށްފިއެވެ.
އެސްޓީއޯއިން އިއުލާނުކުރި ވަޒީފާތަކުގެ ތެރޭގައި މުދަ އުފުލާ ބޯޓުފަހުގައި އަދާ ކުރަންޖެހޭ ހުރިހާ ވަޒީފާއެއް ހެން ހިމެނެ އެވެ.
އޭގެ ތެރޭގައި އިންޖިނޭރުން، އިލެކްޓްރީޝަނުން އަދި މާސްޓަރުންގެ މަގާމު ހިމެނެއެވެ. މި ވަޒީފާތަކަށް ލިބޭ މުސާރަތައް ހުރީ 38،000ރުފިޔާއާއި 115،000ރުފިޔާއާ ދެމެދުގައެވެ.
މީގެ އިތުރުން ސީމަނުންނާއި، ކައްކާއިންނާއި، މެސްބޯއީން އަދި ވެލްޑަރުންނާއި އޮއިލަރުން ވެސް ވަނީ ހޯދުމަށް އިއުލާނުކޮށްފައެވެ. އެ މަގާމުތަކުގެ މުސާރަ ހުރީ 15،000ރުފިޔާއާއި 19،000ރުފިޔާއާ ދެމެދުގައެވެ.
މީގެ ކުރިން އެމްއެސްއެސްއަށް ވަނީ ކޮންޓެއިނާ ބޯޓަކާއި ބަލްކް ކެރިއަރެއް ގަނެފައެވެ. އެސްޓީއޯއިން ބުނީ އަލަށް ގެންނަ ކޮންޓެއިނާ ބޯޓަކީ ކުރިން ގެނައި ބޯޓެކޭ އެއް ފަދައިން 680 ކޮންޓޭނަރުގެ ބޯޓެއް ކަމަށެވެ.
އެމްއެސްއެސްއިން މީގެ ކުރިން ގަތް ދެ ބޯޓުން ވެސް ވަނީ ދިވެހީންނަށް ވަޒީފާ ދީފައެވެ. އޭގެ ތެރެއިން ބަލްކް ކެރިއާ ބޯޓު މިމަހުގެ ތެރޭގައި ރާއްޖެ އަންނާނެއެވެ.
އެމްއެސްއެސް އުފެއްދީ2020 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް