މި ފޮޓޯ އާއި އެކު ޕްރިޔަންކާ ބުނި އެއްޗަކުން ފޭނުންގެ ހިތްފަޅައިގެން ގޮސްފި

ބޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ މިއަދު އިންސްޓަގްރާމް ކުރި ފޮޓޯއަކުން ސަޕޯޓަރުންގެ ހިތް ފަޅައިގެން ގޮސްފި އެވެ. ފޮޓޯއިން ފެންނަނީ ނޭފަތުން ލޭ ގައިސް އަނގަ ކައިރީގައި ލޭ ހުއްޓައެވެ. ތުންފަތުގައި ލޭ...

18 May 2022 | 04:54

ބޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ މިއަދު އިންސްޓަގްރާމް ކުރި ފޮޓޯއަކުން ސަޕޯޓަރުންގެ ހިތް ފަޅައިގެން ގޮސްފި އެވެ.

ފޮޓޯއިން ފެންނަނީ ނޭފަތުން ލޭ ގައިސް އަނގަ ކައިރީގައި ލޭ ހުއްޓައެވެ. ތުންފަތުގައި ލޭ ހުރުމުން ތުންފަތް ފަޅާގެން ގޮސްފައިވާހެން ހީވެ އެވެ.

ފޮޓޯ އާއި އެކު ކެޕްޝަންގައި ވަނީ އެ ފޮޓޯ ބަލާ މީހުންނަށް މަސައްކަތުގައި އުޅޭއިރު އުނދަގޫ ވަގުތަކާއި ދިމާވޭތޯ އަހާފަ އެވެ.

މި ފޮޓޯ އާންމު ކުރިތާ މާ ގިނަ އިރު ނުވެ ސަޕޯޓަރުން ވަނީ އޭނާއަށް ކިހިނެތްވީތޯ ސުވާލު ކުރަން ފަށާފައި އެވެ. ބައެއް މީހުން ވަނީ މަސައްކަތުގައި އުޅޭއިރު ސަމާލުވުމަށް ލޯތްބާއި އެކު އިލްތިމާސްކޮށްފަ އެވެ.

އެފަދަ ގިނަ ކޮމެންޓުތަކެއް ކުރަަމުން ދަނިކޮށް މީހަކު ވަނީ އޭނާއަށް މި ފޮޓޯ ފެނުމުން ހީވީ ހަމަ ހަގީގަތުގައިވެސް ޝޫޓިންގައި އުޅެނިކޮށް ޕްރިޔަންކާއަށް އަނިޔާވީ ކަމަށެވެ. އެކަމަކު އެއީ ކޮށްފައިވާ މޭކަޕެއްކަން އެނގުމުން ހިތްހަމަ ޖެހުން ލިބުނު ކަމަށް ބުނެފައިވެ އެވެ.

އޭގެ ފަހުން މީހުން ދައްކާފައިވަނީ އެ މޭކަޕްގެ މޮޅުވާހަކަ އާއި ޕްރިޔަންކާގެ މޮޅު ވާހަކަ އެވެ.

ޕްރިޔަންކާ އެ މޭކަޕް ކޮށްފައިވަނީ މިހާރު އޭނާ މަސައްކަތް ކުރަމުންދާ "ސިޓަޑެލް"ގެ ޝޫޓިން އަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް