އިންޑޮނޭޝިޔާގައި މިއަދުން ފެށިގެން މާސްކު އެޅުން ހުއްޓައިލަނީ

ކޮވިޑުގެ ހާލަތާއި ގުޅިގެން އަޅަމުން އަންނަ މާސްކު، މިއަދުން ފެށިގެން އެޅުން ހުއްޓައިލަން އިންޑޮނޭސިއާއިންވެސް ނިންމައިފިއެވެ. މިކަން ހާމަކޮަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ މާސްކު މަޖ...

18 May 2022 | 04:50

ކޮވިޑުގެ ހާލަތާއި ގުޅިގެން އަޅަމުން އަންނަ މާސްކު، މިއަދުން ފެށިގެން އެޅުން ހުއްޓައިލަން އިންޑޮނޭސިއާއިންވެސް ނިންމައިފިއެވެ.

މިކަން ހާމަކޮަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ މާސްކު މަޖުބޫރު ކުރާ ހަމަ އުވައިލަން ނިންމީ ކޮވިޑުގެ ހާލަތު މިހާރު ކޮންޓްރޯލް ކުރެވިފައިވާކަމަށް ގަބޫލުކުރެވޭތީ ކަމަށެެވެ.

މާސްކު އެޅުން މިއަދުން ފެށިގެން މަޖުބޫރު ނުވި ނަމަވެސް ހޮޓާ ރެސްޓޯރެންޓްތަކުގައްޔާއި އާއްމު ދަތުރުފަތުރުގެ ހިދުމަތްތަކުގައި އަދިވެސް މާސްކު އަޅަން މަޖުބޫރުވާނެކަމުގައި ބުނެފައިވެއެވެ.

އިންޑޮނޭޝިއާގެ ކޮވިޑުގެ ހާލަތު މިހާރު ރަނގަޅުވެފައިވާއިރު އިއްޔެ އެގައުމުން ކޮވިޑަށް ޕޮޒިޓިވް ވީ 247 މީހުންނެވެ. ކޮވިޑުގައި އިއްޔެ އެ ގައުމުން 17 މީހަކު މަރުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް