ލޯންޗަކާއި ދޯންޏެއް އެކްސިޑެންޓްވެ، މީހަކަށް އަނިޔާވެއްޖެ

ކުރުނބާ މޯލްޑިވްސް ރިސޯޓް ކައިރިން ލޯންޗްއަކާއި ދޯންޏެއް ޖެހި އެކްސިޑެންޓްވެ، ދޯނިން ދަތުރުކުރި ކެޕްޓަންއަށް އަނިޔާވެއްވެއެވެ. މިރޭ 20:20ގައި ހިނގި މި ހާދިސާގައި އަނިޔާވި މީހާ މިހާރު ވަނީ އިތުރު ފަރުވ...

18 May 2021 | 18:27

ކުރުނބާ މޯލްޑިވްސް ރިސޯޓް ކައިރިން ލޯންޗްއަކާއި ދޯންޏެއް ޖެހި އެކްސިޑެންޓްވެ، ދޯނިން ދަތުރުކުރި ކެޕްޓަންއަށް އަނިޔާވެއްވެއެވެ.

މިރޭ 20:20ގައި ހިނގި މި ހާދިސާގައި އަނިޔާވި މީހާ މިހާރު ވަނީ އިތުރު ފަރުވާއަށް އައިޖީއެމްއެޗް އަށް ގެންދެވިފައިވެއެވެ. ނަމަވެސް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރައްވައެވެ.

އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން މެރިން ފުލުހުން ބަލަމުން ދާ ކަމަށާއި، މެރިން ފުލުހުންގެ ޓީމެއް ދަނީ އެކްސިޑެންޓް ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް