ސްކޫލް ބަންދަށް ހާއްސަކޮށް މޯލްޑިވިއަންގެ ދެ ފްލައިޓެއް ޓްރިވެންޑްރަމާއި ކޮޗިންއަށް

ގައުމީ އެއާލައިން މޯލްޑިވިއަން އިން އިންޑިއާގެ ޓްރިވެންޑްރަމާއި ކޮޗިންއަށް ހާއްސަ ދެ ފްލައިޓެއް ބާއްވަން ނިންމައިފިއެވެ. މޯލްޑިވިއަންއިން ބުނީ އެ ދެ ފްލައިޓު ބާއްވަން ހަމަޖައްސާފައިވަނީ މިމަހުގެ 24 ވަ...

18 May 2021 | 17:56

ގައުމީ އެއާލައިން މޯލްޑިވިއަން އިން އިންޑިއާގެ ޓްރިވެންޑްރަމާއި ކޮޗިންއަށް ހާއްސަ ދެ ފްލައިޓެއް ބާއްވަން ނިންމައިފިއެވެ.

މޯލްޑިވިއަންއިން ބުނީ އެ ދެ ފްލައިޓު ބާއްވަން ހަމަޖައްސާފައިވަނީ މިމަހުގެ 24 ވަނަ ދުވަހު ކަމަށެވެ.

އެ ދަތުރުތައް ބާއްވަނީ ސްކޫލު ބަންދާ ދިމާކޮށެވެ.

ޓްރިވެންޑްރަމާއި ކޮޗިންއަށް ބާއްވަން ހަމަޖައްސާފައިވާ ފްލައިޓުތަކުގެ ޓިކެޓު ގަންނަން ބޭނުންވާ މީހުންނަށް މޯލްޑިވިއަންގެ އޮފީހުން ޓިކެޓު ގަނެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ދެ ދަތުރުގެ ޓިކެޓުގެ އަގުތަކެއް އަދި ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް