މާލޭ ދަފްތަރުގައި ޖެހުން ވަގުތީ ގޮތުން މެދުކަނޑާލަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
އެގޮތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭގެ އައު މޭޔަރ، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ދަފުތަރުގައި މިހާރުވެސް 17 ހާހެއްހާ ރައްޔިތުން އެބަތިބި ކަމަށެވެ. އެ ފަރާތްތަކުގެ ތެރެއިން ބޯހިޔާވަހިކަން ލިބިފައިވަނީ ކިތައް ބޭފުޅުންނަށްތޯއާއި އަދި ނުލިބޭ ފަރާތްތަކަށް ލިބޭނީ ކިހިނެއްތޯއާއި ދަފުތަރުގައި ޖެހެން އޮންނަ އުސޫލަކީ އެންމެ ރަނގަޅު އުސޫލުތޯވެސް ޔަގީންކުރަން ބޭނުންވާކަމުގައި މުއިއްޒު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މިކަންކަން ހައްލު ކުރުމަށް މަގުޗާޓެއް އެކުލަވާލައި ހުރިކަންކަން ހައްލު ކުރުމަށްޓަކައި ދަފުތަރުގައި އިތުރަށް ޖެހުމުގެ ފުރުސަތު ވަގުތީ ގޮތުން މެދުކަނޑާލަން ނިންމީ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް