މުރައިދޫ، ދަރަވަންދޫ އަދި ގދ. ވާދޫއާ އެކު 60 ރަށަކަށް އަރައި ފޭބުން މަނާ

އިތުރު ތިން ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސް އަރައި ފޭބުން މަނާކޮށްފި އެވެ. މިއަދު އަލަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ހއ. މުރައިދޫ، ބ. ދަރަވަންދޫ އަދި ގދ. ވާދޫ އެވެ. ޑިރެކްޓަ ޖެނެރަލް އޮފް...

18 May 2021 | 17:33

އިތުރު ތިން ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސް އަރައި ފޭބުން މަނާކޮށްފި އެވެ.

މިއަދު އަލަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ހއ. މުރައިދޫ، ބ. ދަރަވަންދޫ އަދި ގދ. ވާދޫ އެވެ.

ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، މުރައިދޫ، ދަރަވަންދޫ އަދި ވާދޫ ކައުންސިލަށް އެޗްޕީއޭއިން ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ. މި ތިން ރަށް މޮނިޓަރިންއަށް ލާފައިވަނީ ކޮންޓެކްޓު ޓްރޭސިން ހަދާ ނިމެންދެންނެވެ.

މޮނިޓަރިންގެ ހާލަތުގައި އޮންނަ މުއްދަތުގައި އެޗްޕީއޭގެ ހުއްދަނެތި އެ ތިން ރަށަށް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު މޮނިޓަރިންއަށް ލީ ތިން ރަށުގައި ކޮންޓެކްޓު ޓްރޭސިން ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ކޯވިޑް ކޭސްތައް ފެނިގެން މިވަގުތު މޮނިޓަރިންއަށް ލާފައިވާ ރަށްތަކުގެ އަދަދު ވަނީ 60 އަށް އަރާފައި އެވެ. މީގެ ތެރެއިން ބައެއް ރަށްރަށުގައި ދަނީ ކޯވިޑް ކޮންޓްރޯލް ކުރުމަށް ދަނީ ކާފިއު ހިންގަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް