ހަރުކަށި ފިކުރުގެ އިސް މީހަކު މާލެއިން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ ހަރުކަށިފިކުރު ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހެއްކަމަށް ތުހުމަތުކުރެވޭ 49 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހާ ހައްޔަރު ކުރީ މިރޭ މާލެއިން ކަމަށް ބުނފައިވެ އެވެ.
އެކަމާއި ގުޅޭ އިތުރު ތަފްސީލް ފުލުހުން ހާމައެއް ނުކުރެ އެވެ.
ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި މިރޭ ހައްޔަރުކޮށްފައިވަނީ 2007 ވަނަ އަހަރު އއ. ހިމަންދޫގައި ހަރުކަށި ފިކުރު ފަތުރައި ސަލާމަތީ ބާރުތަކާ ދެކޮޅަށް ހަމަލާ ދިނުމުގައި އިސްކޮށް އުޅުނު މައްސަލާގައި ހައްޔަރުކޮށް 10 އަހަރަށް ޖަލަށް ލާފައިވާ އަބްދުﷲ އަލިމަނިކެވެ.
ޖަލުން މިނިވަންވުމާއި ދޭތެރޭ ހަތަރު ފަހަރަކު ޖަލުން ފިލައިގެން އުޅެފައިވެ އެވެ. އެންމެ ފަހުން އޭނާ ޖަލުން ފިލައިގެން އުޅެނިކޮށް ހައްޔަރު ކުރީ2010 ވަނަ އަހަރު އެވެ. އޭނާ ފިލައިގެން އުޅެފައިވަނީ ވަރަށް ބޮޑަށް ސިފަ ބަދަލު ކޮށްގެން އާންމުންގެ ތެރޭގައި ކަމަށް އޭރު ފުލުހުން ބުނެފައިވެ އެވެ.
އަލިމަނިކު ހައްޔަރު ހައްޔަރުކޮށްފައި މި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާ އަށް ފަހު، ހަރުކަށި ފިކުރާ ދެކޮަޅަށް ސިފައިންނާއި ފުލުހުން ހިންގާ ހަރަކާތްތައް އިތުރުކޮށްފައި ވަނިކޮށެވެ. އެކަމަކު އޭނާ ހައްޔަރުކުރީ ހަމަލާއާ ގުޅުން ހުރި މައްސަލައެއްގައި ކަމެއް ނޭނގެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް