ކޮވިޑަށް ރާއްޖެއިން މިއަދު 1465 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.
އެޗްޕީއޭއިން ބުނެފައިވާގޮތުގައި ޕޮޒިޓިވް ވި 1465 މީހުންގެ ތެރެއިން 1213 މީހަކު ޕޮޒިޓިވް ވެފައިވަނީ މާލެ ސަރަހައްދުންނެވެ. 244 މީހަކު ޕޮޒިޓިވް ވެފައިވަނީ އަތޮޅު ތަކުންނެވެ.
މި އަދަދުތަކާއެކު، ކޮވިޑަށް ރާއްޖެއިން ޕޮޒިޓިވް ވި ޖުމްލަ އަދަދު މިވަނީ 47،421 އަށް އަރާފައެވެ. 29،086 މީހަކު ބަލިން ފަސޭހަ ވެފައިވާއިރު އެކްޓިވް ކޭސްތަކުގެ އަދަދަކީ 18،221 އެވެ. އެޑްމިޓް ކޮށްގެން ފަރުވާ ދޭ އަދަދުވަނީ 268 އަށް އަރާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް