ފަލްސޓިން މިނިވަން ކުރެއްވުމަށް ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ، އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޟީދު ގޮވާލައްވައިފިއެވެ.
https://twitter.com/MohamedNasheed/status/1394693661380648964?
ރައީސް ނަޝީދު މިކަމަށް ގޮވާލެއްވީ ޖަރުމަނު ވިލާތުގައި ބޭސްފަރުވާއަށް ވަޑައިގެން ހުންނަވައި ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ނަޝީދު ވިދާޅުވީ، އިސްރާއިލުން ފަލަސްތީނަށް ބޮން އަޅާ މަންޒަރު ފެނި ފިތްކަނޑައިގެން ގޮސްފި ކަމަށެވެ. އަދި އިސްރާއިލުގެ އެ އަމަލުތައް ހުއްޓާލަން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ނަޝީދު ވަނީ އިސްރާއިލުން ބަންދުކޮށްފައިވާ ފަލަސްތީންގެ ބޯޑަރުތައް ހުލުވަންޖެހޭ ކަމަށާއި، އެ މަގުން ކަން ކުރުމުން ފަލަސްތީންގެ ރައްޔިތުންނަށް ދަތި ނުވެ، ވިޔަފާރީކޮށް، އާމުދަނީ ހޯދަން މަސައްކަތް ކުރެވޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް