ކޮވިޑްގައި އިތުރު މަރެއް، ޖުމްލަ 105އަށް

ކޮވިޑްގައި އިތުރު މީހަކު ނިޔާވެ، ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު 105ށް އަރައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، ނިޔާވީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ކޮވިޑަށް ފަރުވާދެމުން ދިޔަ އުމުރުނ...

18 May 2021 | 16:35

ކޮވިޑްގައި އިތުރު މީހަކު ނިޔާވެ، ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު 105ށް އަރައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ނިޔާވީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ކޮވިޑަށް ފަރުވާދެމުން ދިޔަ އުމުރުން 66 އަހަރުގެ ދިވެހި އަންހެނެކެވެ. މި މިީހާ ނިޔާވީ މިރޭ 08:42 ގައެވެ. މިއީ ބަލީގައި މިއަދު ނިޔާވި ދެވަނަ މީހާއެވެ.

އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި މިއަދު ކުރިން ނިޔާވީ އުމުރުން 73 އަހަރުގެ ދިވެހި އަންހެނެކެވެ. ޑީއެޗް11 ގައި އެޑްމިޓްކޮށްފައިވާ މި މީހާ ނިޔާވެފައި ވަނީ މިއަދު 12:10 ހާއިރު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖޭގައި އެންމެ ގިނައިން ކޮވިޑު ޖެހިގެން މީހުން ނިޔާވީ މިމަހުގައެވެ. މިމަހުގެ މިހާތަަނަށް 33 މީހަކު ވަނީ އެބަލީގައި ނިޔާވެފައެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު ނިޔާވީ، 2020 އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް