މާލެ ސަރަހައްދުގައި ޖަމާއަތުގައި ފަރުޟު ފަސް ނަމާދު ކުރުމާއި ހުކުރު ނަމާދު ކުރުން މެދުކަނޑާލާފައިވާ މުއްދަތު މިމަހުގެ 25 ވަނަ ދުވަހަށް އިތުރުކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ މުއްދަތު އިތުރުކޮށްފައިވަނީ މިމަހުގެ 25 ވާ އަންގާރަ ދުވަހުގެ އިޝާ ނަމާދާއި ހަމަޔަށް ކަމަށެވެ. ޖަމާއަތުގައި ނަމާދު އަދި ހުކުރުނަމާދު ކުރުން މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި މެދުކަނޑާލީ މެދުކަނޑާލީ މިމަހުގެ 12 ވަނަ ދުވަހު އެވެ.
މިއީ ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅެކެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދަށް ބަންގި ގޮވާނެ ކަމަށެވެ. އަދި މިސްކިތްތައް ހުންނާނީ ހުޅުވާފައި ކަމަށާއި ގަވައިދުން މިސްކިތްތައް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
ބަންގި ގޮވާ ނިމުމަށް ފަހު ގޭގައި ނަމާދު ކުރުމަށް އަރަބި ބަހުންނާއި ދިވެހި ބަހުން އިމާމުން ގޮވާނެ ކަމަށް އިސްލާމިކް މިނިސްޓްރީ ބުނެ އެވެ.
މިގޮތަށް ނިންމީ ދީނީ އިލްމުވެރިންނާއި އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ މަޝްވަރާ އާއި އެކު ކަމަށް މިނިސްޓްރީން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް