'ދިވެހިރާއްޖެ ފަލަސްޠީނާއެކު' ތިބިކަން ހާމަކޮށް ފާޅުކޮށްފައިވާ ޝުޢޫރުތަކުން މުޅި މީސްމީޑިޔާ ފުރާލައިފިއެވެ. ކޮވިޑްގެ މި ދަނޑިވަޅުގައި އެއްވެ އުޅުން މަނާކޮށްފައި ވީއިރު، ދިވެހިން ފަލަސްޠީނާއެކު ތިބިކަން ދައްކައިދީ ިވަނީ އަޑުއުފުލާފައެވެ.
ފޮޓޯތަކާއި ވީޑިއޯތަކަށް ބަލައިލުމުން، މިކަމުގައި ކުދިބޮޑު އެންމެން ބައިވެރިވަމުން ދާތަން އެބަ ފެނެއެވެ. ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއިން ފެށިގެން ގޮސް އެކި ދާއިރާތަކުގެ މީހުން ހިމެނޭގޮތަށް ގިނަ ދިވެހިން ދަނީ ޝުޢޫރު ފާޅުކުރަމުންނެވެ.
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ، ރާއްޖެ މިއޮތީ ފަލަސްޠީނާއެކުގައި ކަމަށް ބުނެފައެވެ. އަދި ނައިބު ރައީސް ފައިސަލް ނަސީމްވެސް ވަނީ ރާއްޖެ ފަލަސްތީން އާއި އެކު އޮތްކަން ސޯޝަލް މީޑާގައި ހާމަކޮށް ގައްޒާގައި އިޒްރާއީލުން ދެމުންދާ ލައިންސާނީ އަނިޔާތަށް ހުއްޓާލުމަށް ގޮވާލައްވާފަ އެވެ.
https://twitter.com/ibusolih/status/1394606500673331201
https://twitter.com/FaisalNasym/status/1394627948938813452
https://twitter.com/aisthly/status/1394617581470773249
މީގެ އިތުރުން އެކިއެކި ފަންނާނުންވެސް އެ ބޭބޭފުޅުންގެ މީސްމީޑިޔާ އެކައުންޓްތަކުގައި، ފަލަސްޠީނާއެކުގައި ވާކަމަށް ބުނެ ޝުޢޫރު ފާޅުކުރަމުން ދެއެވެ.
https://twitter.com/AzzaMariyam/status/1394632448734990337
‘ދިވެހިރާއްޖެ ފަލަސްޠީނާއެކު’ އިވެންޓެއް މިއަަދު ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މިއަދު 4:00 އިން6:00 ގޭގެ ބެލްކަންޏަށް ނުކުމެ ފަލަސްޠީން އަދި ދިވެހި ދިދަ ވިހުރާލައި، ގިނަ ދިވެހިންތަކެއް ވަނީ މި އިވެންޓްގައި ބައިވެރިވެފައެވެ. އަދި ގޭގައި ދިދަ ހެދުމާއި، ދިދައާއެކު ފޮޓޯނަގައި މީސްމީޑިޔާގައި ހިއްސާކޮށްފައި ވެއެވެ.
މި އިވެންޓް އިންތިޒާމް ކުރި ފަރާތުން ބުނެފައި ވަނީ، މިފަދަ އިތުރު އިވެންޓްތައް ކުރިއަށްއޮތްތަނުގައި އިންތިޒާމުކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުންދާ ލާއިންސާނީ ހަމަލާތަކުގެ ރިޕޯޓުތައް ބުނާ ގޮތުގައި އެއްގަމު މަގުންނާއި ކަނޑުމަގުންނާއި ވައިގެ މަގުން އިސްރާއީލުން ޣައްޒާއަށް ދިން ޙަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި އެތައް ކުޑަކުދިންނަކާއި އަންހެނުން ވެސް ހިމެނޭ ކަމަށެވެ. އޭގެ އިތުރުން އެތައް ސަތޭކަ މީހުންވަނީ ޙަމަލާތަކުގައި ޒަޚަމުވެފައެވެ. އަދި ޣައްޒާގެ ޢިމާރާތްތަކަށާއި އެނޫންވެސް ޢުމުރާނީ ވަޞީލަތްތަކަށާއި އުޅަނދުފަހަރަށްވަނީ ބޮޑެތި ގެއްލުންތަކެއްވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް