ފަލަސްޠީނާއެކު ވުމަށް ކައި 3،000 ދިދަ ހިލޭ ބަހަނީ

ފަލަސްޠީނާއެކު ވުމަށް ރާއްޖޭގެ ޓިކްޓޮކް ތަރި އަދި ސޯޝަލް މީޑިއާ އިންފްލުއެންޒާ ކައިޒީން 3،000 ދިދަ ބަހަން ނިންމައިފިއެވެ. މިކަން ހާމަކޮށް ކައިޒީން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ، މިއަދު ހަވީރު ...

18 May 2021 | 10:24

ފަލަސްޠީނާއެކު ވުމަށް ރާއްޖޭގެ ޓިކްޓޮކް ތަރި އަދި ސޯޝަލް މީޑިއާ އިންފްލުއެންޒާ ކައިޒީން 3،000 ދިދަ ބަހަން ނިންމައިފިއެވެ.

މިކަން ހާމަކޮށް ކައިޒީން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ، މިއަދު ހަވީރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތަށް ދިދަ ބެހުމަށް ނިންމާފައި ވާ ކަމަށެވެ.

އެގޮތުން ބަހާ ދިދަ އަކީ ހިލޭ އާންމުންނަށް ބަހާލަން ނިންމާފައިވާ ދިދަތަކެއް ކަމަށް ކައިޒީން ބުނެއެވެ. ދިދަ ބޭނުންވާ ފަރާތްތަކުން، މާލެ ނުވަތަ ހުޅުމާލޭގެ އެމް7 ޕްރިންޓަށް ޒިޔާރަތްކުރުމުން ލިބޭނެކަމަށް ކައިޒީން ބުނެއެވެ.

ކައިޒިން ބުނީ3،000 ދިދަ ބަހާނީ އެތަނަށް ދާ ކޮންމެ މީހަކަށް10 ދިދައިގެ މަގުން ކަމަށެވެ.

ކައިޒީން ވަނީ، އިސްރާއީލުން ފަލަސްތީނަށް ކުރަމުންދާ ލާއިންސާނީ އަނިޔާތައް ކުއްވެރިކޮށްފައެވެ. އަދި މި ހަރަކާތުގައި އެންމެން ބައިވެރިވެ، ފަލަސްޠީނުގެ މުސްލިމު އަޚުންނާއި އުޚުތުންހެ ހައްގުގައި އަޑު އުފުލުމަށް ގޮވާލާފައި ވެއެވެ.

‘ދިވެހިރާއްޖެ ފަލަސްޠީނާއެކު’ އިވެންޓް ކުރިއަށް ދާނީ މިއަދުގެ  16:00 އިން18:00 އަށެވެ. އެ ވަގުތުގައި ގޭގެ ބެލްކަންޏަށް ނުކުމެ ފަލަސްޠީން އަދި ދިވެހި ދިދަ ވިހުރާލުމާ ދެއްވުމުން މި އިވެންޓްގައި ބައިވެރިވެވުނީއެވެ. އިވެންޓް އިންތިޒާމް ކުރާ ފަރާތުން އެދެނީ، ބެލްކަންޏެއް ނެތް ބޭފުޅުން، ގޭގެ ދޮރުމައްޗަށް ނުކުމެ ދިދަ ވިހުރާލަދެއްވުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް