މާލޭގައި ފަލަސްތީން ދިދައެއް ނުފެންނަ މަގެއް ނެތް، ހަރަކާތް ފެށެން ގަޑިއެއްހާއިރު

ދިވެހިރާއްޖެ ފަލަސްތީނުގެ ގައްޒާ ރައްޔިތުންނާއި އެކު ތިބިކަން މުޅި ދުނިޔެއަށް ދައްކާލުމުގެ ހަރަކާތް ފެށެން ގަޑިއެއްހާ އިރަށް ވެއްޖެ އެވެ. ވަގުތު ކުޑަތަންވަމުންދާއިރު މާލޭ ސިޓީގެ މަގުތަކާއި މީހުންގެ ފަ...

18 May 2021 | 10:02

ދިވެހިރާއްޖެ ފަލަސްތީނުގެ ގައްޒާ ރައްޔިތުންނާއި އެކު ތިބިކަން މުޅި ދުނިޔެއަށް ދައްކާލުމުގެ ހަރަކާތް ފެށެން ގަޑިއެއްހާ އިރަށް ވެއްޖެ އެވެ.

ވަގުތު ކުޑަތަންވަމުންދާއިރު މާލޭ ސިޓީގެ މަގުތަކާއި މީހުންގެ ފަރާތުން ފެންނަނީ ފަލަސްތީނަށް ތާއީދު ކުރާ ކަމާއި ދިވެހިން ތިބީ ފަލަސްތީނާއި އެކުކަން ދައްކާލަން ކެތްމަދުވެފައި ތިބި ތަނެވެ. މަގުމަތިން ފެންނަހާ މީހެއްގެ އަތުގައި ހެން ފަލަސްތީން ދިދަ އޮތް އިރު ބައެއް މަގުތަކުގަ އެއްގޭ ބެލްކަނިން އަނެއްގޭ ބެލްކަންޏަށް ވަނީ ފަލަސްތީން ދިދަތައް ދަމާލާފަ އެވެ.

ފަލަސްތީން ދިދައިގެ ޑިމާންޑު މިއަދު މާލޭގައި ވަރަށް ބޮޑެވެ. ބައެއް ފަރާތްތަކުން ދިދަ ހިލޭ ބަހަމުން ދާއިރު ވިއްކާ މީހުންވެސް މިހާޜު މަގުތަކުން ފެންނަން ފަށާފައިވާއިރު ދިދަ ގަންނަ މީހުންވެސް ވަރަށް ގިނަ އެވެ.

އާންމުންގެ ގޭގެއާއި އެއްގަމު އުޅަނދު ފަހަރުގައި ފަލަސްތީން ދިދަ ހަރުކޮށްފައިވާއިރު ސަރުކާރު ކުންފުނިތަކާއި އޮފީސްތަކުގެ އުޅަނދުތަކުގައިވެސް ވަނީ ފަލަސްތީން ދިދަ ހަރުކޮށް ފަލަސްތީނާއި އެކު ތިބިކަން ދައްކާލަމުންނެވެ. ޓެކްސީތަކުގައިވެސް ވަނީ ފަލަސްތީން ދިދަ ހަރުކޮށްފަ އެވެ.

https://twitter.com/abuakbarr/status/1394572598332203012

https://twitter.com/gmtl_mv/status/1394566289260089345

އިޒްރޭލާ ދެކޮޅަށް މުޅި ދުނިޔޭގައި ވެސް މިހާރު އަޑު އުފުލަމުން އަންނަނީ، އެއްގަމާއި ކަނޑާއި ވައިގެ މަގުން ވެސް ބަންދުކޮށްފައި އޮންނަތާ އެތައް އަހަރެއް ވެފައިވާ ގާޒާގައި ނިކަމެތި ހާލުގައި އުޅެމުންދާ އާންމުންނަށް ދެމުންދާ ވަރުގަދަ ހަމަލާތަކާ ގުޅިގެންނެވެ.

ފަލަސްތީނާއި އެކު ދިވެހިން ތިބިކަން ދައްކާލުމަށް މިއަދު ހަވީރު 4:00 ގައި ކޮންމެ މީހަކު ވެސް އެ މީހަކު ހުރި ތަނަކުން ޝުއޫރު ފާޅުކުރާ ގޮތަށް ވަނީ ހަމަޖެހިފައި އެވެ. ކޮންމެ ގެއަކުން ވެސް ފަލަސްތީނު ދިދަ އާއި ދިވެހި ދިދަ ހިފައިގެން ދޮރުމައްޗަށް ނުވަތަ ބެލްކަންޏަށް ނުކުތުމަށް އިންތިޒާމް ކުރާ ފަރާތުުން ވަނީ އެދިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް