ކޮވިޑްގައި އިތުރު މީހަކު ނިޔާވެ، ރާއްޖެއިން ކޯވިޑްގައި ނިޔާވި މީހުންގެ އަދަދު 104ށް އަރައިފިއެވެ.
އެޗްޕީއޭއިން ބުނެފައި ވަނީ، ނިޔާވީ އުމުރުން 73 އަހަރުގެ ދިވެހި އަންހެނެއް ކަަމަށެވެ. ޑީއެޗް11 ގައި އެޑްމިޓްކޮށްފައިވާ މި މީހާ ނިޔާވެފައި ވަނީ މިއަދު 12:10 ހާއިރު ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ކޯވިޑް-19 އަށް ފަރުވާ ހޯދަމުން ދަނިކޮށް އިއްޔެ ވަނީ ފަސް މީހަކު ނިޔާވެފައި އެވެ.
އެންމެ ފަހުން ނިޔާވީ އުމުރުން 79 އަހަރުގެ ދިވެހި އަންހެނެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެމީހާ މަރުވީ ރޭ 11:14 ގައި އެވެ.
އެމީހާ މަރުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޯވިޑް ޖެހިގެން ފަރުވާ ދެމުން ދަނިކޮށެވެ.
މި މަހަކީ ކޯވިޑް ޖެހިގެން އެންމެ ގިނަ މީހުން މަރުވި މަހެވެ. މިމަހުގެ މިހާތަނަށް 31 މީހަކު ވަނީ ކޯވިޑް-19 ޖެހިގެން މަރުވެފަ އެވެ.
ރާއްޖެއިން މިހާތަނަށް ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 45،956 މީހުންނެވެ. އޭގެ ތެރެއިން ބަލިން ރަނގަޅުވެފައިވަނީ 28،849 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް