ތ. އަތޮޅު ތައުލީމީ މަރުކަޒުގައި ހަ ކްލާސް ރޫމް އަޅަން ބަޔަކާއި ހަވާލުކޮށްފި

ތ. ތިމަރަފުށީގައި ހުންނަ ތ. އަތޮޅު ތައުލީމީ މަރުކަޒުގައި އިތުރު ހަ ކްލާސް ރޫމް އަޅަން ކުންފުންޏަކާއި ހަވާލުކޮށްފި އެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ އެސްޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑާއި އެވެ. މި އެ...

18 May 2021 | 09:05

ތ. ތިމަރަފުށީގައި ހުންނަ ތ. އަތޮޅު ތައުލީމީ މަރުކަޒުގައި އިތުރު ހަ ކްލާސް ރޫމް އަޅަން ކުންފުންޏަކާއި ހަވާލުކޮށްފި އެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ އެސްޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑާއި އެވެ.

މި އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަޙުމަދު ރިޔާޒް އެވެ. އެސްޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑް ފަރާތުން އެގްރިމެންޓްގައި ސޮއި ކުރެއްވީ ޑިރެކްޓަރ ޝިހާދު އިބްރާހިމް އެވެ.

އެޑިއުކޭޝަނުން ބުނީ މި މަސައްކަތް އެ ކުންފުންޏާއި ހަވާލު ކުރީ 365 ދުވަސް ނުވަތަ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަން ކަމަށެވެ.

އެހެންކަމުން އުއްމީދުކުރަނީ 2022 ވަނަ އަހަރު އޭޕްރީލް މަހުގައި މިމަސައްކަތް މުޅިން ނިމޭނެކަމަށެވެ.

މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 6.9 މިލިއަން ރުފިޔާ އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް