ޝައުނާ އާއި ޑރ. ހުސައިންއަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވައި

ފިޝަރީޒް މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައިވާ ޑރ. ހުސައިން ރަޝީދު އަހުމަދާއި އެންވަޔަރަމެންޓް ކްލައިމެންޓް ޗޭންޖް އެންޑް ޓެކްނޮލިޖީ މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައިވާ އާމިނަތު ޝައުނާއަށް ރ...

18 May 2021 | 08:12

ފިޝަރީޒް މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައިވާ ޑރ. ހުސައިން ރަޝީދު އަހުމަދާއި އެންވަޔަރަމެންޓް ކްލައިމެންޓް ޗޭންޖް އެންޑް ޓެކްނޮލިޖީ މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައިވާ އާމިނަތު ޝައުނާއަށް ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

އެ ދެބޭފުޅުން މިނިސްޓަރު ކަމަސް އައްޔަން ކުރެއްވީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ.

އެ ދެ ބޭފުޅުންނަށް ރުހުން ހޯދުމަށް ރައީސް މަޖިލީހަށް ފޮނުއްވީ މިއަދު އެވެ. މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސަތުން ވަނީ މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވައި މައްސަލަ ދިރާސާކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވައިފަ އެވެ.

މިނިސްޓަރުކަމަށް އައްޔަންކުރުމުގެ ކުރިން ޝައުނާ ހުންނެވީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމުގަ އެވެ. ޑރ، ހުސެން ހުންނެވީ އެންވަޔަރަމަންޓު މިނިސްޓަރު ކަމުގަ އެވެ.

މީގެ އިތުރުން ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގަމުން އައި ނޭޝަނަލް ޑްރަގު އެޖެންސީ (އެންޑީއޭ) ހެލްތު މިނިސްޓްރީގެ ދަށަށް ވަނީ ބަދަލުކޮށްފަ އެވެ. ރައީސް ވަނީ، އެ މިނިސްޓްރީތަކުގެ މަސައްކަތުގެ ދާއިރާއަށް ގެންނެވި ބަދަލުތަކަށް ރުހުން ހޯދުމަށް ވެސް މަޖިލީހަށް ފޮނުވައިފަ އެވެ.

އެ މައްސަލަ ވެސް ދިރާސާކުރުމަށް، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް