އެމްއައި ކޮލެޖް ދޮރަށް ގެއްލުންދީ އެތަނުން ވައްކަން ކުރި މައްސަލައިގަ މީހަކު ހޯދަނީ

އެމްއައި ކޮލެޖުން ވައްކަން ކުރި މައްސަލައިގަ މީހެއްގެ ފޮޓޯ އާންމުކޮށް ހޯދަން އިއުލާނުކޮށްފި އެވެ. މި ހާދިސާ ހިނގާފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ. ފުލުހުން ބުނީ މި މައްސަލައިގަ ހޯދަން އިއުލާނުކޮށް...

18 May 2021 | 07:52

އެމްއައި ކޮލެޖުން ވައްކަން ކުރި މައްސަލައިގަ މީހެއްގެ ފޮޓޯ އާންމުކޮށް ހޯދަން އިއުލާނުކޮށްފި އެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ. ފުލުހުން ބުނީ މި މައްސަލައިގަ ހޯދަން އިއުލާނުކޮށްފައިވާ މީހާ ވަނީ އެމްއައި ކޮލެޖްގެ ދޮރަށް ގެއްލުންދީ ހަލާކުކޮށްލައިގެން އެތަނަށް ވަދެ ވައްކަން ކޮށްފައި ކަމަށެވެ.

ފުލުހުން އާންމުކޮށްފައިވަނީ އެތަނުގެ ސީސީޓީވީ ފުޓޭޖުން ނަގާފައިވާ ފޮޓޯއެކެވެ. ފޮޓޯއިން ފެންނަ މީހާ ހުރީ މާސްކު އަޅައި އަނގަމި ނިވާ ކޮށްގެންނެވެ.

ފުލުހުން ބުނީ އެ މީހާއާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅައި މައުލުމާތު ހިއްސާ ކުރުމަށް އެދޭ ކަމަށެވެ.

މިމައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 481765 އެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ދެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް