ސިލްސިލާ ވާހަކަ: ޒާރާ - ނުވަދިހަ އަށްވަނަބައި

ލުއި ހިނިތުންވުމެއް ފަހުދުގެ މޫނުމަތިން ފެނިގެން ދިޔައެވެ. ޒާރާ އަތްދަނޑިމަތީގައި އުފުލާލައިގެން ޓެރަސްގެ އެއްފަރާތެއްގައި ހަދާފައިވާ ހަޓްތެރެއަށް ފަހުދު ވަނެވެ. އެތަނުގެ އެއްކޮޅުގައި ބަހައްޓާފައިވާ ދ...

18 May 2021 | 05:09

ލުއި ހިނިތުންވުމެއް ފަހުދުގެ މޫނުމަތިން ފެނިގެން ދިޔައެވެ. ޒާރާ އަތްދަނޑިމަތީގައި އުފުލާލައިގެން ޓެރަސްގެ އެއްފަރާތެއްގައި ހަދާފައިވާ ހަޓްތެރެއަށް ފަހުދު ވަނެވެ. އެތަނުގެ އެއްކޮޅުގައި ބަހައްޓާފައިވާ ދިގު ބެންޗުގައި ޒާރާ ބާއްވާލުމަށްފަހު ހިންދެމިލީ ލިބިފައިވާ ވަރުބަލިކަން ފިލުވާލުމަށެވެ. ޖީބުން ނެގި ރުމާ ޒާރާގެ ނޭފަތް މަތީގައި ޖައްސާ، ދެފަހަރަކަށް ނޭވާ އެތެރެއަށް ދަމާލަންދެން ހިފަހައްޓާލިއެވެ. ދެން ރުމާ ޖީބަށް ލުމަށްފަހު އަތުކުރީގައި އޮތް ގަޑިއަށް ބަލާލިއެވެ.

''ދެން ކިހިނެތް ހަދާނީ.......... މިހާރު ދެން ބާރެއް ނުދެއްކޭނު........... ދެން ބަސް އަހައިގެން އޮވޭ.......... ކުރިން ބަސް ނޭހީމަ މިހެން ހަދަން މިޖެހުނީ.......... ކިހާ ވަރަކަށް ފާރަލައިގެންކަން އެނގޭތަ މިދަނޑިވަޅު މަށަށް މި ލިބުނީ؟..........މިފަހަރު މީ މަގޭ ފަހަރު..........'' ޒާރާގެ މޫނުގައި ފަހުދު ފިރުމާލަމުން ޒާރާގެ ބުރުގާ ނަގާ އެއްފަރާތަށް އެއްލާލިއެވެ.

ޖީބުން ސިނގިރޭޓް ފޮށި ނަގާ ސިނގިރޭޓެއް ރޯކޮއްލިއެވެ. ވެހެމުންދިޔަ ބޯ ވާރެއާ ޖެހެމުން ދިޔަ ބާރުވައިގެ ސަބަބުން ހަށިގަނޑަށް ލިބިފައިވާ ފިނިކަން ކަނޑުވާލުމަށެވެ. ސިނކުޑި ހަމައަކަށް އަޅުވާލުމަށެވެ. ކުރިމަތީގައި ހޭނެތިފައި އޮތް ޒާރާގެ ތުނި ތުނި ހަށިގަނޑަށް ބަލަންހުރެ ސިނގެރޭޓް ހުލިކުރަމުން ދިޔައެވެ. އެ ބެލުމުގައިވަނީ ބަދަލު ހިފުމުގެ ޖޯޝެވެ. ދަހިވެތިކަމެވެ.

''ވަރަށް ލޯބިވޭ............ މިހެން ގަދަކަމުން ބޭނުން ކުރާކަށް ހިތެއް ނޭދޭ.......... އެހެނަސް މަށަށް މިނޫންގޮތެއް ނެތެއްނު......... ފުރުސަތެއް ނުދެންޏާ ދެން ޖެހޭނީ ގަދަކަމުން ހޯދާކަންނު..................'' ސިނގިރޭޓް ދުންގަނޑު ބޭރަށް ބުރުވާލަމުން ފަހުދު އޭނާގެ އަމިއްލަ ނަފުސަށް އިވޭވަރަށް މަޑުމަޑުން ބުނެލިއެވެ.

ދެތިން ފަހަރަކު ސިނގިރޭޓް ދަމާލުމަށްފަހު ފައިދަށަށް ފިލްޓަރު ވައްޓާލިއެވެ. ފެނާއެކުވެ އިސާހިތަކު ސިނގިރޭޓްބުރި ނިވުނެވެ. ދެން އޮތީ ފަހުދުގެ އެތެރެހަށީގައި އަނދަމުންދާ އަލިފާންގަނޑު ނިއްވާލުމެވެ. އެ އަލިފާންގަނޑަށް ފިނިކަމެއް ހޯދާދިނުމެވެ. ފަހުދުގެ އިހްސާސްތަކަށް ފަރުވާއެއް ލިބިދިނުމެވެ. ހިތް އެދެމުން ދިޔަ އެދުމަށް އިޖާބަދިނުމެވެ. ހަށިގަނޑު އެދި ގޮވަމުން ދިޔަ ލައްޒަތުން އުފާލިބި ސިކުނޑިއަށް ލުޔެއް ހޯދާދިނުމެވެ. ހަސަދަވެރިކަމުގެ ގިނިން ފިހެމުންދާ ސިކުޑިއަށް އިންސާފު ހޯދާދިނުމެވެ.

ބޯކޮއް ވެހެމުންދިޔަ ވާރޭގެ ތެރެއަށް ނިކުމެ، ޓެރަސްއިން މަގާވީ ފަރާތުން ތިރިއަށް ފަހުދު ބަލާލިއެވެ. މަގުގެ ދެކޮޅަށް ފަރުވާތެރިކަމާއެކު ކަޅި ހިންގާލިއެވެ. ވެހެމުންދާ ބޯ ވާރެއާ ރޭގަނޑުގެ އަނދިރިކަން އެކުވުމުން މަގު އޮތީ އެހެންޏާ އޮންނަވަރަށް ވުރެ އަނދިރިކޮށެވެ. ކިތަންމެ ވާރޭ ބޯ ނަމަވެސް ދުއްވާ އެއްޗިހި މަދެކޭ ނުބުނެވޭނެއެވެ.

ކިތަންމެ ވަރަކަށް ބެލިޔަސް މަގުމަތިން އިމްރާނުގެ ކާރު ފާހަގަ ކުރުން އެއީ މިވަގުތު ނުކުރެވޭނެ ކަމެއްކަން ފަހުދަށް ވިސްނުނެވެ. އެހެންކަމުން އަވަސް އަވަހަށް ހަޓް ތެރެއަށް ވަނެވެ. ކުރިމަތީގައި ހުރި ބެންޗުގައި އޮތް ޒާރާގެ ހަށިގަނޑަށް އަވަސް ނަޒަރެއް ހިންގާލުމަށްފަހު އަތުކުރީގައި އޮތް ގަޑިއަށް ބަލާލިއެވެ.

ޖީންސްގެ ޖީބަށް އަތް ކޮއްޕާލުމަށްފަހު ފޯނު ދަމައިގަތެވެ. އެންމެފަހުގެ އައިފޯނެކެވެ. ތެމުނަސް ފެން ނޭޅޭނެކަން ޔަގީންވާތީ ހާސްކަމެއް ނެތެވެ. ލައިގެންހުރި ޓީޝާޓްގެ ތިރިން ބައެއް ފެން ފެލާލުމަށްފަހު ފޯނު ހިއްކާލިއެވެ. ފަރިތަކަމާއެކު އިމްރާނުގެ ނަމްބަރު ޖަހާލިއެވެ. ތެޅިތެޅި އޮތް ހިތަކާއެކު ޑައިލް ކޮއްލިއެވެ.

''ހަލޯ......... ކީކޭ ފަހުދު.............'' ދެތިން ސކުންތު ތެރޭގައި އިމްރާނު ފޯނަށް ޖަވާބު ދިނެވެ.

''އިންމަ ..........ކޮބާ.......އިންމަ....... ކޮންތާކު..........'' ފަހުދު އަހާލީ އޭނާ އެންމެ ކުރަން ބޭނުންވި ސުވާލެއް ނޫނެވެ.

''ބޭރުގަ........... ރައްޓެއްސަކާއެކު ކޮފީއެއްގަ.........ކިހިނެތްވީ؟.......... ކަމަކުތަ؟.......... ކަމެއް ގޯސްވީތަ؟............ އަނެއްކާ ބައްޕައަށް ކަމެއްވީތަ............ ފަހުދު ހާދަ ހާސްވެފަ......... ކިހިނެތްވީ.......... ގޭގަތަ؟........'' އިމްރާނު ހާސްވީ އޭނާގެ ބައްޕައަށް ކަމެއްވީކަމަށް ހީކޮށެވެ. ކިތަންމެ ހަމަޖެހޭގޮތް ދައްކަން މަސައްކަތް ކުރިޔަސް ފަހުދުގެ އަޑުގައިވާ ތަފާތު އިމްރާނަށް ފާހަގަ ކުރެވުނެވެ.

ފަހުދުގެ ހާސްކަން އިތުރުވީ އިމްރާނު މާގިނަ ސުވާލު އެއްފަހަރާ ކުރުމުންނެވެ. ބުނާނެ އެއްޗެއް، ދޭނެ ޖަވާބެއް ނޭނގިފައި ހިނދުކޮޅެއް ހޭދަވެއްޖެއެވެ.

''ކިހާއިރަކު ގެއަށް އަންނަނީ..............'' އެއީ ފަހުދު ކުރަން ބޭނުންވި ސުވާލެވެ. އިމްރާނު ދެއްކި އެއްވެސް ވާހަކައެއް ފަހުދަށް ނީވޭކަހަލަ އެވެ. އިމްރާނު ކުރި އެއްވެސް ސުވާލަކަށް ފަހުދު ޖަވާބެއް ނުދިނެވެ. ނޫނީ ޖަވާބު ދޭންޖެހޭކަމަށް ފަހުދަށް ގަބޫލު ނުކުރެވުނީއެވެ.

''ވާނެ އަދި އިރުކޮޅެއް.............ފަހުދު ކަމަކުތަ..........'' އިމްރާން ސުވާލު ކުރިއެވެ. އާއްމުކޮށް ފަހުދު ގުޅާނީ ކޮންމެވެސް ކަމަކުކަން އެނގޭތީއެވެ. އެއީ މީގެ ކުރީގައިވެސް އެކަން ވެފައި އޮތް ގޮތެވެ.

''ނޫން............. ނޫނޭ............... ހަމަ ބަލާލީ....... އިންމަ ފެންނަން ނެތީމަ.............. އޯކޭ ނައްޓާލަމުން ގުޅާލާތި..............'' އިމްރާނުގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި ފަހުދު ފޯނު ކަނޑާލިއެވެ.  ފަރުވާކުޑަ ގޮތަކަށް އެތާހުރި ކުޑަމޭޒު މައްޗަށް ފޯނު އެއްލިއެވެ.

ވިހަ ހިނިތުންވުމެއް ތުންފަތް މައްޗަށް ވެރި ކުރުވަމުން ޒާރާގެ ހަށިގަނޑާދިމާއަށް ފަހުދު ގުދުވެލިއެވެ. ޒާރާގެ ތެމިފައިވާ ހެދުން އެ ހިތްގައިމު ހަށިގަނޑުގައި ތަތްލަވާފައިވާއިރު ނުހަނު އަސަރުގަދައެވެ. ފަންއިސްތަށިގަނޑުން ވިހުރުވިގެން މޫނުމައްޗަށް އެޅިފައިވާ އިސްތަށިކޮޅުތައް ތެމިފައިވާ މޫނުމަތީގައި ތަތްލަވާފައިވާއިރު ކިތަންމެހާވެސް ފުރިހަމައެވެ. ބޯ އެސްފިތައް ލައްޕާލައިގެން އޮތް އިރު  ހީވަނީ އަރާމުކޮށް ނިދާލާފައި އޮތްހެނެވެ. ތަނުގައި ހަރުކޮއްފައިވާ މަޑު އޮރެންޖު ކުލައިގެ އަލި، އެ ދޮން މޫނަށް އެޅިފައިވާއިރު ޖާދޫއެއް ފަދައެވެ. އެހާވެސް ފުރިހަމަވެފައި ހިތްގައިމެވެ. ފެންނަ ކޮންމެ ފިރިހެނަކު މޮޔަވާހާ ޗާލެވެ.

ޒާރާގެ ކުރުތާގެ މޭމަތިން ހަރުކޮއްފައިވާ ގޮއްފަތީގައި މަޑުމަޑުން ފަހުދުގެ އިނގިތައް ހިންގާލިއެވެ.  މަތިން ތިރިއަށް، ފަހަރަކު ގޮށެއް ނައްޓަން ފެށީ އެ ރީތި މޫނުން އުފާ ހޯދަމުންނެވެ.

ކުއްލިއަކަށް ފަހުދުގެ ފޯނު ރިންގު ވާންފެށިއެވެ. ފަހުދު ސިހުނެވެ. ގުޅަނީ އިމްރާނު ކަމަށް ހީކޮށް މޭ ތެޅިގަތީ އަމަށަކު ވަރަކަށް ނޫނެވެ. ވާނީވެސް އެހެންތާއެވެ. އަވަސް ހަރަކާތަކާއެކު ފޯނު ނަގާ ސްކްރީނަށް ބަލާލިއެވެ. ގުޅަނީ ހޮސްޕިޓަލުންނެވެ. ފޫހި ފާޑަކަށް ޗޮކެއް ކަނޑާލެވުނީ ބޭއިޙްތިޔާރުގައެވެ. ކޯލް ސައިލެންޓް ކޮއްލަމުން ފޯނު މޭޒުމަތީގައި ބޭއްވުމަށްފަހު ޒާރާގެ ހަށިގަނޑާ ދިމާއަށް ގުދުވެލިއެވެ. އެވަގުތު ދެވަނަ ފަހަރަށް ފޯނު ރިންގުވިއެވެ. މިފަހަރު ހަމަ ގަސްދުގައި އަޅާނުލާ ބޭއްވީއެވެ. ދެން އިވުނީ މެސެޖެއް އައި އަޑެވެ. އެންމެ މެސެޖެއް ނޫނެވެ. ފުލުފުލުގައި ދެތިން މެސެޖް އައެވެ.

ކިތަންމެ ބޭނުން ނުވި ނަމަވެސް ފަހުދަށް މަޖުބޫރުވީ މެސެޖްތައް ބަލާށެވެ. ވަޒީފާއާ ގުޅުންހުރި ކަމަކަށް ވުމުންނެވެ. ޑޮކްޓަރެއްގެ ޒިންމާ ހަނދާން ނައްތާލައިގެން ހުރެވިދާނެއެވެ. އެކަމަކު އޭނާގެ ވަޒީފާ ގެއްލިދާނެތީވެސް ޖެހިލުންވެއެވެ.

މެސެޖްގައި އޮތީ ވަރަށް އަވަހަށް ގުޅާލަ ދިނުމަށް އެދިފައެވެ. ދެން ހުރީ ޑޮކްޓަރުންގެ ޑިއުޓީއަށް ގެނައި ބަދަލު އަންގައިދޭ ދެ މެސެޖެކެވެ.

ފަހުދު ގުޅާކަށް ނުޖެހުނެވެ. މެސެޖް ކިޔާ ނިމުނުއިރަށް އަނެއްކާވެސް އެ ނަމްބަރުން ކޯލް އަންނަން ފެށިއެވެ.

''ހަލޯ.............'' ފަހުދަށް ޖަވާބު ދެވުނީ ތަންކޮޅެއް ބާރަށެވެ. ވެހެމުންދާ ބޯ ވާރޭގެ ސަބަބުން ކިޔާއެއްޗެއް ސާފު ނުވެދާނެތީއެވެ.

''އިއްޔެ އައިސީޔޫ އަށް ބަދަލުކުރި ޕޭޝަންޓްގެ ހާލު ވަރަށް ސީރިއަސް........ ވަގުތުން އޮޕްރޭޝަން ނުކޮއްފިއްޔާ ފުރާނަ ސަލާމަތް ކުރެވޭނެ ކަމުގެ އެއްވެސް އުންމީދެއްނެތް............ އެކަކަށް ފަހުދު ވަންނަގޮތަށް މި ނިންމީ........... ދެން އަހަރެންވެސް އެބަހުރިން............ އާދޭ އަވަހަށް......... މިހާރު ޕޭޝަންޓް ރެޑީ ކުރަނީ ..............'' ވާހަކަ ދެއްކީ އެވަގުތު ހޮސްޕިޓަލުގައި ޑިއުޓީއަށް ތިބި އޮޕަރޭޝަން ޑޮކްޓަރުންގެ ތެރެއިން އެންމެ އިސްކޮއް ހުރި ޑޮކްޓަރެވެ.

''ރޭއްސުރެ ވަރަށް ބޮޑަށް ހުން އައިސް ބޮލުގައި ރިއްސާތީ ނުވެސް ތެދުވެ މި އޮތީ............. ދަންވަރު ޑިއުޓީ އަހަރެން ނަގާގޮތަށް މިވަގުތު ޑޮކްޓަރ އެޑަމް ގެންދަން ހެދިއްޔާ ވަރަށް ރަނގަޅު.............'' ފަހުދު ވަގުތުން ވާހަކަ އެއް ހަދާލިއެވެ. ދޮގުމައްޗަށް ދޮގު ހަދާލީ އަޑުއަހަންހުރި މީހާއަށް އެއްވެސް ޝައްކެއް ނުވާހާ މޮޅަށެވެ.

''އެންމެ ރަނގަޅު......... މި ބަލަނީ...........'' ކޯލް ކެނޑިއްޖެއެވެ. ހިތާ ދިމާއިން މޭގައި އަތް ޖައްސާލުމަށްފަހު ފުން ނޭވާއެއް ފަހުދު ބޭރުކޮއްލިއެވެ. އަތުކުރީ އޮތް ގަޑިއަށް ބަލާލިއެވެ. އެވަގުތު ޒާރާގެ އެސްފިޔަތައް ހަރަކާތް ކޮއްލިހެން ފަހުދަށް ހީވިއެވެ.

ޔަގީންކޮއްލުމަށްޓަކައި ޒާރާގެ މޫނަށް ފަރުވާތެރިކަމާއެކު ފަހުދު ބަލާލިއެވެ. އެއީ ކުރެވުނު ކުށް ހީ އެއް ނޫންކަން އެނގުނީ ދެވަނަ ފަހަރަށް ވެސް ޒާރާގެ އެސްފިޔަތަކަށް ހަރަކާތް އައުމުންނެވެ. އަވަސް އަވަހާ ޖީބުގައި އޮތް ރުމާ  ނެގިއެވެ. ޒާރާގެ ނޭފަތްމަތީގައި ރުމާއަޅާ ހިފަހައްޓާލީ ޒާރާ ލާ ނޭވާގެ އަދަދު ގުނަމުންނެވެ. ހިތް ހަމަޖެހޭވަރު ވުމުން ރުމާ ޖީބަށްލަމުން ހިނިތުންވެލިއެވެ.

މަޑުމަޑުން ޒާރާގެ ހަށިގަނޑުގައި ފަހުދު ފިރުމާލިއެވެ. ހިއްސުތައް އޭނާގެ އަމިއްލަ ބާރުން ދޫވަމުން ދަނީއެވެ. އެތައް ދުވަހަކުއްސުރެ ހިތުގައި އުފެދި ބާނިލަމުންދިޔަ ޖަޒުބާތުތަކާ އެއްކޮޅަށް ފަހުދުގެ ހަރަކާތްތައް ދީލާލިއެވެ. ދުނިޔޭގައި ހިނގާ އިތުރު ކަމެއް މިވަގުތު ފަހުދުގެ ސިނކުޑީގައި ނުވާކަހަލައެވެ. އޭނާގެ މަސްތީ ދުނިޔޭގައި ޒާރާ ގޮވައިގެން އުދުއްސައިގަތުން ފިޔަވާ މިވަގުތު އޭނާގެ އިތުރު ބޭނުމެއް ނުވެއެވެ.

''އޭތް....................'' ފަހަތުން މީހަކު ހަޅޭއްލަވައިގަތް އަޑާއެކު އޭނާގެ އަރިކަށީގައި އަޅާ މީހަކު ކޮއްޕާލިއެވެ.  ފަހުދު ވިއްސައިގެން ގޮސް ގުޅައަކަށް ބިންމައްޗަށް ޖެހުނެވެ. ލިބުނު ހައިރާން ކަމުގައި ކުރިމަތިން ފެންނަންހުރި ސޫރައާ ދިމާއަށް ފަހުދަށް ބަލާލެވުނެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ، 20 މެއި ވާ ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް