ކޯވިޑް ބަލީގައި އިއްޔެ މަރުވި އަދަދު ފަހަކަށް، ޖުމްލަ 103 އަށް

ކޯވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ އުމުރުން 79 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެމީހާ މަރުވީ ރޭ 11:14 ގައި އެވެ. އެމީހާ މަރުވީ ހުޅ...

18 May 2021 | 04:38

ކޯވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ އުމުރުން 79 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެމީހާ މަރުވީ ރޭ 11:14 ގައި އެވެ.

އެމީހާ މަރުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޯވިޑް ޖެހިގެން ފަރުވާ ދެމުން ދަނިކޮށެވެ.

މިއީ އިއްޔެ ކޯވިޑް ޖެހިގެން މަރުވި ފަސް ވަނަ މީހާ އެވެ. އަދި ރާއްޖެއިން ކޯވިޑް ބަލީގައި މަރުވި 103 ވަނަ މީހާ އެވެ.

މި މަހަކީ ކޯވިޑް ޖެހިގެން އެންމެ ގިނަ މީހުން މަރުވި މަހެވެ. މިމަހުގެ މިހާތަނަށް 30 މީހަކު ވަނީ ކޯވިޑް-19 ޖެހިގެން މަރުވެފަ އެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 45،956 މީހުންނެވެ. އޭގެ ތެރެއިން ބަލިން ރަނގަޅުވެފައިވަނީ 28،849 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް