ލާމު ނޫން ހުރިހާ އަތޮޅަކަށް ވެސް ދާހިތްވޭ: ރޯމަން

ލާމު އަތޮޅު ނޫން ހުރިހާ އަތޮޅަކަށް ވެސް ދާހިތްވާކަމަށް ދިވެހި ފިލްމީ ދާއިރާގައި ކުރިއަރަމުން އަންނަ މުހައްމަދު ވިޝާލް (ރޯމަން) ބުނެފިއެވެ. ޓިކްޓޮކުން އާންމުނަށް ފުރަތަމަ ފެނުނު ރޯމަން މިހެން ބުނީ އޭނާ...

17 May 2021 | 19:43

ލާމު އަތޮޅު ނޫން ހުރިހާ އަތޮޅަކަށް ވެސް ދާހިތްވާކަމަށް ދިވެހި ފިލްމީ ދާއިރާގައި ކުރިއަރަމުން އަންނަ މުހައްމަދު ވިޝާލް (ރޯމަން) ބުނެފިއެވެ.

ޓިކްޓޮކުން އާންމުނަށް ފުރަތަމަ ފެނުނު ރޯމަން މިހެން ބުނީ އޭނާގެ ސަޕޯޓަރުން އަމާޒު ކުރި ސުވާލުތަކަކަށް ޖަވާބު ދެމުންނެވެ. ސަޕޯޓަރަކު އޭނާ އާއި ސުވާލުކޮށްފައިވަނީ ރާއްޖޭގެ އަތޮޅުތަކުން އެންމެ ދާހިދްތަވަނީ ކޮން އަތޮޅަކަށް ތޯއެވެ.

މި ސުވާލަށް ޖަވާބު ދެމުން ރޯމަން ބުނީ ހުރިހާ އަތޮޅަކަށް ވެސް ދާހިތްވާ ކަމަށާއި އެކަމަކު އެ ލިސްޓުގައި ލ. އަތޮޅު ނުހިމެނޭ ކަމަށެވެ. އެކަމަކު ރޯމަން ލ. އަތޮޅަށް ދާން ބޭނުން ނުވާ ސަބަބއެއް ނުބުނެ އެވެ،

އިތުރު ސުވާލެއްގައި ރޯމަން އެންމެ އެއްކޮށް އުޅޭ އިތުރު ތަރިން ކަމަށްވާ ޝަރާ އާއި އާޝާއާ ދެމީހުން ކުރެ މީހަކު ނެގުމަށް ބުނުމުން ރޯމަން އެކަކުވެސް ނުނަގައެވެ. ރޯމަން ބުނީ ދެމީހުން ދެކެ ވެސް ލޯބި ވާ ކަމަށެވެ.

އަދި ރޯމަން ބޭނުންކުރަނީ ކޮން ވައްތަރެއްގެ ޝޭމްޕޫއެއް ތޯ އޮޅުންފިލުވުމަށް ކުރި ސުވާލާއި ގުޅިގެން ބުނެފައި ވަނީ މިދުވަސްކޮޅު ބޭނުންކުރަނީ 'ވަޓިކާ' ކަމަށާއި، ނަމަވެސް ވަކި ޚާއްސަ ވައްތަރެއް ބޭނުން ނުކުރާ ކަމަށެވެ.

ރޯމަން ބުނެފައި ވަނީ ދެން އޭނާގެ ފިލްމެއް ބެލުންތެރިންނަށް ފެންނާނީ ޕެންޑަމިންގެ ފަހުން ކަމަށް ލަފާކުރެވޭ ކަމަށާއި ނަމަވެސް ކަނޑައެޅިގެން ކޮން އިރަކު ކަމެއް ބުނަން ނޭނގޭ ކަމަށެވެ.

މި ފަހުން ރާއްޖެ ޓީވީއިން ގެނެސްދިން 'ސެލެބްރިޓީ ރޭސް' ގައި ބައިވެރި ނުވީ ކީއްވެތޯ އެހުމުން، އޭނާއަށް 'ސަވައިވް' ވާނެހެން ހީ ނުވާތީ ކަމަށް ބުނެ، 'ސެލެބްރިޓީ ރޭސް'ގައި އުޅުނު އެހެން ފަރާތްތައް ކުރި ހިތްވަރަށް ރޯމަން ވަނީ ތައުރީފު ކޮށްފައެވެ. ނަމަވެސް ދެން އޮންނަ 'ސެލެބްރިޓީ ރޭސ'ް އެއްގައި ބައިވެރިވުމަށް ވިސްނާނެ ކަމުގައި ރޯމަން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް