ވެކްސިން ޖެހުމުން ދަތުރު ކުރުމަށް ދިން ލުއިތަކާއި އެކު ސައުދީ ރައްޔިތުންނަށް އުފާވެރިކަން!

ކޯވިޑް-19 ވެކްސިން ޖަހާފައިވާ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ލުއިތަކެއް ދޭން ސައޫދީ އަރަބިއްޔާއިން ހަމަޖައްސައިފި އެވެ. ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިދި...

17 May 2021 | 19:28

ކޯވިޑް-19 ވެކްސިން ޖަހާފައިވާ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ލުއިތަކެއް ދޭން ސައޫދީ އަރަބިއްޔާއިން ހަމަޖައްސައިފި އެވެ.

ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިދިޔަ އަހަރުގެ ކުރީ ކޮޅުން ފެށިގެން ސައުދީން ވަނީ ބައިނަލް އަގުވާމީ އާންމު ދަތުރުތައް ހުއްޓާލާފަ އެވެ.

ސައޫދީ ސަރުކާރުން އިއްޔެ ވަނީ ކޯވިޑް ވެކްސިން ފުރިހަމަ ކޮށްފައިވާ އެ ޤައުމުގެ ރައްޔިތުންނަށް ބައިނަލްއަޤްވާމީ ދަތުރުތައް ކުރުމުގެ ހުއްދަ ދީފައެވެ. ފާއިތުވެ ދިޔަ 14 މަސްދުވަހު މިފަދަ ދަތުރުތައް އެ ޤައުމުން މަނާ ކޮށްފައި އޮތީ 30 މިލިއަނެއްހާ ރައްޔިތުން ދިރިއުޅެމުންދާ ސައޫދީ ޢަރަބިއްޔާގައި ކޯވިޑު ފެތުރުން ކޮންޓްރޯލު ކުރުމަށެވެ.

ނަމަވެސް މި ކަމުގެ ސަބަބުން ބޭރުގެ އެހެން ޤައުމުތަކުން ތައުލީމު ހާސިލް ކުރަމުން ދިޔަ ގިނަ ދަރިވަރުންނަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވެއެވެ. ބައިނަލް އަގުވާމީ ދަތުރުފަތުރަށް އިއްޔެ ގެނައި ބަދަލަކީ ގައުމުން ބޭރުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ލިޔެކެވެ.

ސައޫދގެ އާބާދީގެ ގާތްގަނޑަކަށް 11.5 މިލިއަނެއްހާ ރައްޔިތުން ކޯވިޑް ވެކްސިން ޖަހާފައިވާ ކަމަށް އެ ގައުމުން ބުނެ އެވެ. މީގެ ތެރޭގައި ވެކްސިންގެ އެއް ޑޯޒު ފުރިހަމަ ކޮށްފައިވާ ރައްޔިތުންވެސް ހިމެނެއެވެ. މި މީހުންގެ އިތުރުން، ދާދި ފަހުން ކޯވިޑު ބަލިން ރަނގަޅު ވެފައިވާ މީހުންނަށާއި ދަތުރުފަތުރުގެ އިންޝުއަރެންސް އޮންނަ 18 އަހަރުން ދަށުގެ ކުޑަކުދިންނަށްވެސް ބައިނަލްއަޤްވާމީ ދަތުރު ކުރުމުގެ ހުއްދަ އެ ޤައުމުގެ ސަރުކާރުން ދޫކޮށްފައި ވެއެވެ.

ފިޠުރު ޢީދާއި ވިދިގެން ދޫ ކުރި މި އާ ހުއްދައާއިއެކު، ސައޫދީގެ ގިނަ ރައްޔިތުންނެއް އަންނަނީ ޗުއްޓީ ދިއުމަށް ތައްްޔާރު ވަމުންނެވެ. އެ ހުއްދައަކީ ސައޫދީގެ ގިނަ ރައްޔިތުންނަށް އުފާވެރިކަން ގެނުވި ހުއްދައެކެވެ.

މި ހުއްދައިގެ ދަށުން ދަތުރު ކުރާ ފަރާތްތަކުން އެމީހުންގެ ހެލްތު ސްޓޭޓަސް އެއަރޕޯޓުގެ އޮފިޝަލުންނަށް ދައްކަން ޖެހެއެވެ. ހެލްތު ސްޓޭޓަސް ބެލޭނެ ފަސޭހަ ނިޒާމެއް އެ ޤައުމުގެ ސަރުކާރުންވަނީ އެޕެއް މެދުވެރިކޮށް ފޯރު ކޮށްދީފައެވެ. މި އެޕަށް ކިޔަނީ "ތަވައްކަލްނާ"އެވެ. ބޭރުން އެ ޤައުމަށް އެތެރެވާ މީހުން އަދިވެސް ގޭގައި ކަރަންޓީންވެ، ކޯވިޑަށް ޓެސްޓު ކުރަން ޖެހެއެވެ.

ސައޫދީ ޢަރައްބިއްޔާގެ ސަރުކާރުންވަނީ ކޮރޯނާ ވައިރަސް ފެތުރުން ހުއްޓުވުމަކަށް ގެންނަން، ޕެންޑެމިކްގެ ކުރީކޮޅުން ފެށިގެން ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެ ގޮތުން، ސައޫދީގެ ރައްޔިތުންގެ އިތުރުން އެ ޤައުމުގައި ދިރިއުޅޭ ފަރާތްތަކަށް ހަސްފަތާލު ވެވޭނެ ފަސޭހަ އުސޫލުތަކެއް ޤާއިމްކޮށް، އެ މީހުންގެ ޚަރަދާއި ސައޫދީއިން ހަވާލު ވުން ފާހަގަ ކޮށްލެވެއެވެ.

މީގެ އިތުރުން، އެ ޤައުމުގެ މިސްކިތްތަކާއި ފިހާރަތައްވެސް ވަކި މުއްދަތަކަށް ބަންދު ކުުރުމާއި، މައްކާއަށް ޙައްޖަށް ދާ މީހުންގެ އަދަދު މަދު ކުރުން ހިމެނެއެވެ.އަދި މިއާއިއެކު،ސައޫދީ ޢަރަބިއްޔާގެ ބޯޑަރުވެސް އެ ޤައުމުންވަނީ ބަންދު ކޮށްފައެވެ.

ސައޫދީ ޢަރަބިއްޔާއިން ކޯވިޑުގެ 430،000 ކޭސް ރެކޯޑު ކޮށްފައިވާ އިރު، ކޮވިޑުގެ ސަބަބުން މަރުވި މީހުންގެ އަދަދުވަނީ 7000 އަށް ވުރެ މަތީގައެވެ.މިހާރުވެސް 1400 ހާލު ދެރަ ކޮވިޑު ބަލި މީހުން އެ ޤައުމުގައި ތިބި ކަމަށް ރެކޯޑުތަކުން ދައްކައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް