މިރެއިން ފެށިގެން ހަ ރޯދައިގެ ނިޔަލަށް ކެފޭ އަދި ފިހާރަތައް ބަންދު ކުރާ ގަޑި އިތުރު ކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން ކެފޭ އާއި ސައި ހޮޓާތަށް ދަންވަރު 1:00 އަށް ހުޅުވާފައި ބެހެއްޓޭނެ ކަމަށެވެ. އަދި ރޯދަ މަހު ފުރަތަމަ ދުވަހުން ފެށިގެން ހަރޯދަ ނިމެންދެން މެންދަމު 3:00 އަށް އެތަންތަން ހުޅުވާފައި ބެހެއްޓޭނެ ކަމަށެވެ.
މީގެ އިތުރުން އިކޮނޮމިކް މިނސްޓްރީން ވަނީ މިރެއިން ފެށިގެން ފިހާރަތައް 11:00 އަށް ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދީފައި އެވެ.
ފިހާރަ އާއި ކެފޭ/ރެސްޓޯރަންޓްތައް ބަންދުކުރާ ގަޑި އާންމުކޮށް އިތުރުކުރަނީ ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަމަށް ވިޔަސް ސަރުކާރުން މި އަހަރު ހަމަޖެއްސި ގޮތުން ހަފުތާއެއްހާ ދުވަސް ކުރިން އެއަށް އަމަލުކުރަން ޖެހެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް