އެންސްޕާގެ ސީއީއޯ މުޖުތަބާ އިކޮނިމިކް މިނިސްޓްރީއަށް ބަދަލުކޮށްފި

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ސީއީއޯ މުޖުތަބާ އަލީ ޖަލީލް އިކޮނޮމިކް މިނިސްޓްރީއަށް ބަދަލުކޮށްފި އެވެ. އޭނާ ބަދަލު ކުރީ އިކޮނޮމިކް މިނިސްޓްރީގެ ކޮން މަގާމަކަށް ކަމެއް އަދި ސާފެއް ނު...

18 May 2017 | 08:34

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ސީއީއޯ މުޖުތަބާ އަލީ ޖަލީލް އިކޮނޮމިކް މިނިސްޓްރީއަށް ބަދަލުކޮށްފި އެވެ.

އޭނާ ބަދަލު ކުރީ އިކޮނޮމިކް މިނިސްޓްރީގެ ކޮން މަގާމަކަށް ކަމެއް އަދި ސާފެއް ނުވެ އެވެ. އަދި ކުއްލި ގޮތަކަށް މުޖުތަބާ އެ މަގާމުން ވަކި ކުރީ ކީއްވެ ކަމެއްވެސް ނޭނގެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މުޖުތަބާ އެ މަގާމުން ކަނޑާލީ އަމިއްލަ ސިއްހީ ހިދުމަތްދޭ ތަންތަނުން އާސަންދަ ކަނޑާލި މައްސަލާގައި އެވެ.

މިމަހުގެ ހަވަނަ ދުވަހުގެ ރޭ  ކުއްލި ގޮތަކަށް އާސަންދައިގެ ހިދުމަތް އަމިއްލަ ސިއްހީ ހިދުމަތްދޭ ތަންތަނުން ކަނޑާލީ ސަރުކާރާ މަޝްވަރާ ނުކޮށް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައިވެ އެވެ. އަދި ސަރުކާރުން އާސަންދަ އޮފީހަށް އެންގީ ހަރަދު ކުޑަ ގޮތްތަކެއް ހަމަޖެއްސުމަށް ކަމަށާއި އަމިއްލަ ތަންތަނުން ސިއްހީ ދުމަތް ހޯދާ މީހުން އާސަންދައިން ބާކީ ކުރުމަށް ނުވަތަ ވަކި ގޮތްތަކެއް ކަނޑައެޅުމަށް ނޫން ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

އެންސްޕާގެ ސީއީއޯގެ މަގާމަށް މުޖުތަބާ ހަމަޖައްސާފައިވަނީ 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް