ކަންނެލި މަސްވެރިކަން ކުރާ ދޯންޏެއް އދ. ހަންޏާމީދޫ ކައިރިއަށް އަޑިއަށް ހިނގައްޖެ އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަމް އާދަމް އާޒިމް ވިދާޅުވީ ކަނޑު ރޯދި ކިޔާ ކަންނެލި މަސްވެރިކަން ކުރާ ދޯންޏެއް އަޑިއަސް ގޮސް އޭގައި ތިބި މީހުން ކަނޑުވެފައި ތިބި ސަރަހައްދުގެ މައުލޫމާތު ދިނީ ޓީއެމްއޭގެ ސީޕްލޭނަކުން ކަމަށެވެ. އެ ދޯނިން ދަތުރު ކުރި ފަސް މީހުންވެސް ކަނޑުވެފައި ތިއްބަ މިހާރު ސަލާމަތް ކުރެވިފައިވާ ކަމަށެވެ.
އެމްއެންޑީއެފުން އިއްޔެ ވަނީ ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް އިލްތިމާސްކޮށްފައި އެވެ.
ގަދަ ވަޔާއި އެކު މުޅި ރާއްޖެއަށް ވިއްސާރަ ކުރަމުންދާއިރު މެޓް އޮފީހުން ވަނީ އުދަ އަރައި ނަގޫ ރޯޅި އެރުމުގެ ފުރުސަތު ބޮޑު ކަމަށްވެސް ބުނެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް