ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ޑިފެންސް މިނިސްޓަރު އައްޑޫއަށް ވަޑައިގެންނަވަނީ

އައްޑޫ ސިޓީ ހިތަދޫއަށް ރޭ އެރި ނަގޫ ރޯޅީގައި ބޮޑެތި ގެއްލުންތަކެއް ވެފައިވާތީ ރައްޔިތުންގެ ހާލު އޮޅުންފިލުވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އެ...

18 May 2017 | 06:13

އައްޑޫ ސިޓީ ހިތަދޫއަށް ރޭ އެރި ނަގޫ ރޯޅީގައި ބޮޑެތި ގެއްލުންތަކެއް ވެފައިވާތީ ރައްޔިތުންގެ ހާލު އޮޅުންފިލުވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އެ ސިޓިއަށް ވަޑައިގެންނެވުމަށް ހަމަޖެހިއްޖެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވީ  އައްޑޫއަށް ލިބުނު ގެއްލުން ދެނެގަނެ ރައްޔިތުންގެ ހާލު ބެލުމަށް ސަރުކާރުގެ ވަފުދެއް މިއަދު އައްޑޫ ސިޓީއަށް ވަޑައިގެންނަވާނެ ކަމަށެވެ. އެ ވަފުދުގައި އިސްކޮށް ހުންނަވާނީ މިނިސްޓަރު އާދަމް ޝަރީފު ކަމަށެވެ.

މި ވަފުދު އައްޑޫއަށް ވަޑައިގެންނަވާނެ އިރެއް ނޭނގެ އެވެ. މި ހާދިސާ އާއި ގުޅިގެން ރައީސްގެ ފަރާތްޕުޅުން ރައީސް އޮފީހުގެ މިނިސްޓަރު މުހުތާޒު މުހުސިން ރޭ ވަނީ އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގަށް ގުޅުއްވާ ރައްޔިތުްނގެ ހާލު ބައްލަވާފައި އެވެ.

މޭޔަރު ސޯގިދު މިއަދު ވިދާޅުވީ ގޭގެއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށާއި އެ ގޭގޭގެ މީހުން އާންމު ދިރިއުޅުމަކަށް އާދެވެންދެން ބޮޑު އެހީތެރިކަމެއް ދައުލަތުން ވެދޭން ޖެހޭނެ ކަމަށެވެ. އަދި ސަރުކާރުގެ ކަމާ ބެހޭ ހުރިހާ އިދާރާތަކެއް ގުޅިގެން އެއާއިލާތަކަށް އެހީތެރިވުމުގެ ގޮތުން މަސައްކަތް ކުރަމުންދާ ކަމަށޤ ސޯބެ ވިދާޅުވި އެވެ.

ފުލުހުން ބުނީ މި ހާދިސާގައި 13 ގެއަކަށް ބޮޑެތި ގެއްލުންތަކެއްވެފައިވާ ކަމަށެވެ. ބައެއް ގޭގޭގެ މައްޗަށް ބޮޑެތި ގަސް ވެއްޓިފައިވާއިރު ހުރިހާ ގެއެއްގެ ފުރާޅުހެން ވަނީ ވިއްސައިގެން ގޮސްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް