ދަރިއަކު ލިބުމުން ޓެނިސްކުޅުމުން ރިޓަޔާ ނުވާނެކަމަށް ދުނިޔޭގެ ދެވަނަ ޓެނިސް ކުޅުންތެރިޔާ ސެރީނާ ވިލިއަމްސް ބުނެފި އެވެ.
އުމުރުން 35 އަހަރުގެ ޓެނިސްކުޅުންތެރިޔާ ހާމަކުރާގޮތުގައި އޭނާގެ ފުރުތަމަ ދަރިޔަށްފަހު ކޮންމެހެން ރިޓަޔަ ވާން ނުޖެހޭ ކަމަށާއި އޭނާ އަދި ޓެނިހުގައި ހޯދަން ބޭނުންވާ ކާމިޔާބީތައް އޭނާއަށް ފުރިހަމައަށް ނުހޯދެ އެވެ.
ސެރީނާ ވަނީ ޓެނިސް ކުޅުމުން ގިނަ ކާމިޔާބީތަކެއް ހޯދާފަ އެވެ. އެގޮތުން އޭނާ ބަލިވެ އިންދާ އޭނާ ވަނީ ވީނަސް އާއި ބައްދަލުކޮށް އޮސްޓްރޭލިއަން އޮޕެންގެ ޗެމްޕިއަންކަން ހޯދާފަ އެވެ. މީގެ އިތުރުން އޭނާ ވަނީ 2016ވަނަ އަހަރު ވިމްބަލްޑަން ޗެމްޕިއަންޝޕްގެ ސިންގަލް އާއި ޑަބަލްސްގެ ބައިން ޗެމްޕިޔަންކަން ހޯދާފަ އެވެ.
ސެރީނާ ކައިރިން ޓީއެމްޒީގެ ރިޕޯޓަރަކު އޭނާ ބަނޑުބޮޑު ވުމުން އެންމެ ކާހިތްވަނީ ކޮން އެއްޗެއްތޯ އެހުމުން އޭނާ ބުނެފައި ވަނީ އޭނާއަށް އަދި އޭނާ އެފަދަ ގޮތަކަށް ކާހިތްވާނެ ކަހަލަ އެއްޗެއް ފެނިފައި ނުވާ ކަމަށެވެ.
ސެރީނާ އޭނާގެ ފުރަތަމަ ދަރިފުޅު ވިހާނެ ކަމަށް ލަފާކޮށްފައި ވަނީ މިއަހަރުގެ މެދުތެރޭގަ އެވެ،
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް