ހިންދީ ސިނަމާގެ މަޝްހޫރު އެކްޓްރެސްއެއް ކަމަށްވާ ރީމާ ލަގޫ މަރުވެއްޖެ އެވެ.
އޭނާ މަރުވެފައިވަނީ ރޭ ދަންވަރު 3:00 ޖަހަން އުޅެނިކޮށްކަމަށް އޭނާގެ އާއިލާއިން ވަނީ އިންޑިޔާގެ ނޫސްތަކަށް މަޢުލޫމާތު ދީފަ އެވެ. ރީމާ މަރުވި އިރު އުމުރަކީ 59 އަހަރެވެ.
އޭނާ މަރުވެފައި ވަނީ ހާޓް އެޓޭކެއް ޖެހިންގެން ކަމަށްވެސް އޭނާގެ އާއިލާއާއި ހަވާލާދީ އިންޑިޔާގެ ނޫސްތަކުން ވަނީ ހާމަކޮށްފަ އެވެ.
ރީމާ އަކީ ޓީވީ އިންނާއި ފިލްމުތަކުން އޭނާ ކުޅެފައިވާ މަންމަގެ ރޯލުތަކަށް މަޝްހޫރު ތަރި އެކެވެ. އެގޮތުން އޭނާ ކުޅެފައިވާ ފިލްމް ތަކުގެ ތެރޭގައި "ހަމް ސާތް ސާތް ހޭ" މެއިނެ ޕިޔާރް ކިޔާ" ކަލްހޯނަހޯ" ފަދަ މަޝްހޫރު ފިލްމުތައް ހިމެނެ އެވެ.
ރީމާ މަރުވި އިރު އޭނާ ދިޔައީ ސްޓާޕްލަސް އިން ކުރިއަށް ދާ ޑްރާމާ އެއްކަމަށްވާ "ނާމްކަރަން" ކުޅެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް