ދަތުގއި ރިހެނީ ދަތް ފަނި ކައިގެން، ދަތެއް ވެއްޓެއް ނުވަތަ ބެކްޓީރިއާ އުފެދިގެންނެތް އެކަންޏެއް ނޫނެވެ.
ބޭނުން ކުރެވޭ ދަތް އުނގުޅާ ބޭހަކުންވެސް ދަތުގައި ރިއްސަފާނެ އެވެ. ބޭނުން ކުރެވޭ ދަތް އުނގުޅާ ބޭހަކުން ހިރުގަނޑުގައި އިންފެކްޝަން އުފެދި އޭގެ އަސަރު ދަތަށް ކުރާނެ އެވެ.
ދަތުގައި ރިހުމަކީ ވޭން ހުރި ކަމެކެވެ. މުޅި ދުވަހު އެކަމާ ވިސްނަން ޖެހި، ކާއެއްޗެއް ނުކެވި އިންނަން ޖެހޭތީ އެވެ. ތިރީގައި އެވަނީ ދަތުގައި ރިހުން ކަނޑުވާލަން ގޭތެރޭގައި ކުރެވިދާނެ ފަސޭހަ ހަތަރު ކަމެކެވެ.
ކަރަންފޫ:
އަނގަޔަށް ލައިގެން ކަރަންފުލެއް ހަފާލަ ހަފާލަ އިނަސް ކޮންމެސް ވަރެއްގެ ލުޔެއް ލިބޭނެ އެވެ. ހާއްސަކޮށް ދަތުގެ ނާރުތަކުގައި ހުންނަ ރިހުން ކަރަންފުލުން ކަނޑުވާލާނެ އެވެ. ކަރަންފޫ ބޭނުންކުރެވިދާނެ އިތުރު ގޮތްތަކުގެ ތެރޭގައި ރީތިކޮށް ހިމުންކޮށް ރިހުން ކަނޑުވާ ތެލެއް ކަމަށްވާ ކްލޯވް އޮއިލް އާއި އެއް ކުރުމަށް ފަހު ރިހޭ ދަތެއްގައި ހާކާނީ އެވެ.
އެގޮށް ހޭކުމުގައި ސަމާލުވާންވީ މުހިންމު ކަމެއް އެބަ އޮތެވެ. މުޅި އަނގަޔަށް އޭގެ އަސަރު ކޮށްފި ނަމަ ދިލަ ނަގާގޮތްވެ އިތުރު ރިހުމެއް އުފެދޭނެ އެވެ. ކަރަންފޫ ހިމުން ކުރުމަށް ފަހު ކްލޯވް އޮއިލް އާއި އެއް ކުރުމަށް ފަހު ކަފަ ބުރަކުން ރިހޭ ދަތުގައި ޖެއްސުމުން ދަތުގަ ރިހުމަށް ލުއިވާނެ އެވެ.
ލޮނު ފެނުން އަނގަ ދޮވުން:
ހޫނު ފެނުގައި ލޮނު ގިރައިގެން 30 ސިކުންތު ވަރު އަނގަ ދޮންނާށެވެ. އޭރުން ދަތުގައި އެއްޗެ ތާށިވެފައި ހުރި ނަމަ ފަސޭހަ ކަމާއި އެކު ނައްޓާނެ އެވެ. އަދި ފަސޭހަ ކަމާއި އެކު ދަތާއި ހިރުގައި އުފެދުފައި ހުންނަ އިންފެކްޝަންތައް ނެތި ދާނެ އެވެ.
ތަޖުރިބާކާރުން ބުނާގޮތުގައި ލޮނު ފެނަކީ ދަތްތަކުގައި ވަރަށް ފަސޭހައިން ހަރުލާނެ ރަހައެކެވެ. އޭގެ ސަބަބުން ރިހުމަށް ހަމަލާދީ ތަދު ފިލާނެ އެވެ.
އައިސް ކިއުބް (އައިސް):
އައިސް ކިއުބު ފޮތިގަނޑަކަށް ލައި އޮޅާލުމަށް ފަހު ދަތުގައި ރިއްސާ ސަރަހައްދުގައި ޖެއްސުމުން ރިހުމަށް ލުޔެއް ލިބޭނެ އެވެ. އަދި ފިނި އެއްޗެހި ބޮއި ކައި ހެދުމަކީވެސް ރަނގަޅުވާނެ ކަމެކެވެ.
ލޮނުމެދު:
ލޮނުމެދަކީ ވަރަށް ގިނަ ކުދި ބަލިތަކަށް ރަނގަޅު ފަރުވާ އެކެވެ. ދަތުގައި ރިހުން ރަނގަޅު ކުރުމަށް ލޮނު ބޭނުން ކުރުމަށް ލޮނުމެދާއި ލޮނު އަދި އަސޭ މިރުސް ކޮޅެއް އެއްކުރުމަށް ފަހު ރިހޭ ދަތްތަކުގައި އުނގުޅާށެވެ. އަދި ހުސް ލޮނުމެދު ހެފުމުންވެސް ދަތުރު ރިހުމަށް ލުއި ލިބޭނެ އެވެ.
މިކަންކަމަކީ ދަތުގައި ރިހުމަށް ލުއި ލިބޭނެ ކަންކަމެވެ. އެކަމަކު ދަތުގައި ރިއްސަނީ ދަތް ވެއްޓެއް ނުވަތަ ފަނި ކައިގެންނަމަ ޑޮކްޓަރެއްގެ ލަފާ ހޯދަން ވަނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް