ސިދާތް ގެ މި ޖެކެޓަށް ގިނަ ބައެއްގެ ފާޑު ކިޔުންތަކެއް!

އެންމެ ފަހުގެ ރީތި އެއްޗިސް ލުމަށް މަޝްހޫރު ސިދާތް މަލޯތްރާ ލައިގެން ހުރި ޖެކެޓަކަށް ގިނަ ބައެއްގެ ފާޑު ކިޔުން ރައްދުވަމުން އެބަދެ އެވެ.. ސިދާތްގެ ފެހި ކުލައިގެ މި ޖެކެޓަށް މީހުންގެ ފާޑު ކިޔުން ރައްދު...

18 May 2017 | 02:15

އެންމެ ފަހުގެ ރީތި އެއްޗިސް ލުމަށް މަޝްހޫރު ސިދާތް މަލޯތްރާ ލައިގެން ހުރި ޖެކެޓަކަށް ގިނަ ބައެއްގެ ފާޑު ކިޔުން ރައްދުވަމުން އެބަދެ އެވެ..

ސިދާތްގެ ފެހި ކުލައިގެ މި ޖެކެޓަށް މީހުންގެ ފާޑު ކިޔުން ރައްދުވެފައި ވަނީ އެ ޖެކެޓުގައި އެކި ދިމަ ދިމާލުން ވީދިފައި ހުރުމުންނެވެ. މި ފަދަ ގޮތަށް ހުންނަ ޖިންސް ތަކަކީ މިހާރު ގިނަ ޒުވާނުންގެ މެދުގައި މަޤްބޫލު އެއްޗެކެވެ.

ރިޕް ޖީންސްގެ ނަމުން މަޝްހޫރު ވެފައިވާ މި ޖިންސް ތަކަކީ އެކި ދިމަ ދިމާލުން ވީދިފައި ހުންނަ ގޮތަކަށް ޑިޒައިން ކޮށްފައިވާ ޖިންސްތަކެވެ. އެހެންނަމަވެސް އަދ މިހާތަނަށް އެއްވެސް ކަހަލަ ޓީޝާޓެއް ނުވަތަ ޖެކެޓެއްގައި މިފަދަ ޑިޒައިނެއް ނެތުން ވެގެންދަނީ ސިދާތްގެ މި ޖެކެޓަށް މީހުންގެ ސަމާލުކަން ހުއްޓުނު ކަމެކެވެ.

އިންޑިޔާގެ ގިނަ ބަޔަކު ބުނާ ގޮތުގައި ސިދާތްގެ މި ޖެކެޓް ހީވަނީ އޭނާ އަމިއްލައަށް އެކްސްޕެރިމެންޓް ކޮށްގެން ހަދާފައިވާ ޖެކެޓެއް ހެންނެވެ. މި ޖެކެޓާއެކު ސިދާތް ހުރީ ކަޅުކުލައިގެ ސްކިނީ އަކާއި ކަޅާ ހުދުގެ ބޫޓަކަށް އަރައިގެން ނެވެ.

މީގެ ކުރިން ރިޕް ޖިންސް ތަކުގެ ފެޝަން ޝޯއެއް ބެލުމަށްފަހު ރިޝީ ކަޕޫރު ކުރި ޓްވީޓެއް، ސިދާތްގެ މި ޖެކެޓުން އިންޑިޔާގެ ގިނަ ބަޔެއްގެ ހަދާނަށް ވަނީ ގެނެސްފަ އެވެ. މި ޓްވީޓގައި ރިޝީ ވަނީ އެފަދަ އަންނައުނުތައް ހީވަނީ ފަގީރުންނަށް މާލާމަތް ކުރަން ހަދާ އެއްޗިސް ކަމަށް ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް