މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގާ ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފައިވަނީ މެދުރާއްޖެތެރޭގެ އަތޮޅު ތަކަށާއި ދެކުނުގެ އަތޮޅުތަކަށެވެ.
މެޓް އޮފީހުން ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައިވަނީ މިއަދު ހެނދުނު 6:30 އާއި މެންދުރ 12:30 އާއި ދެމެދުގެ ވަގުތުތަކުގައި މެދުރާއްޖެތެރޭގެ އަތޮޅުތަކާއި ދެކުނުގެ އަތޮޅުތަކުގެ ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމުގައި ލަފާކުރެވޭ ކަމަށެވެ. އަދި އެ ވަގުތުތަކުގައި އާންމު ގޮތެއްގައި ގަޑިއަކު 23 މޭލާއި 29 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށާއި އަދި ކޮޅިގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމުގައި ބެލެވޭކަމަށްވެސް މެޓް އޮފީހުގެ އެލާޓްގައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް