ރައީސް ޔާމީން އައްޑޫގެ މޭޔަރަށް ގުޅުއްވައިގެން ހާލަތު ބައްލަވައިފި

އައްޑޫ ސިޓީ ހިތަދޫއަށް މިރޭ ނަގޫ ރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ވުމާއި ގުޅިގެން ރައީސް އަބްދުﷲ ޔާމީން އެ ހާދިސާގައި ގެއްލުންވި އާއިލާތަކުގެ ހާލު ބައްލަވައިފި އެވެ. ރައީސް އޮފީހުގެ ތަރުޖަމާނު އި...

17 May 2017 | 19:52

އައްޑޫ ސިޓީ ހިތަދޫއަށް މިރޭ ނަގޫ ރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ވުމާއި ގުޅިގެން ރައީސް އަބްދުﷲ ޔާމީން އެ ހާދިސާގައި ގެއްލުންވި އާއިލާތަކުގެ ހާލު ބައްލަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ މިރޭ ވިދާޅުވީ ހިތަދޫގައި މިރޭ ހިނގި އެ ހާދިސާގެ ހާލަތު ރައީސް ޔާމީން ވަރަށް ކައިރިން ބައްލަވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ރައީސް ޔާމީންގެ ފަރާތްޕުޅުން އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިއި ގުޅުއްވައި މައުލޫމާތު އޮޅުއްފިލުވާފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ މިހާތަނަށް ބެލި ބެލުމުން ހަ ގެއެއްގެ ފުރާޅު އެއްލާލާފައިވާ ކަމަށެވެ. އޭގެ ތެރެއިން ތިން ގެ އެއްގެ މައްޗަށް ބޮޑު ދެ ގަސް ވެއްޓުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.

އަދި ބައެއް ގޭގޭގެ ފާރުވެސް ވަނީ ވެއްޓިފައި އެވެ. އަދި ފުރާޅު އެއްލާލުމުގެ ސަބަބުން ގޭގޭގެ ސީލީނގުވެސް ވެއްޓިފަވެ އެވެ. ސިފައިން މިހާރު ދަނީ އެ ގޭގޭގެ ފުރާޅު ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް