ވިލިމާލެ ޕެޓްރޯލް ކުރުމަށް އެސްޓީއޯގެ ފަރާތުން ފުލުހުންނަށް 10 ބައިސްކަލް ހަދިޔާކޮށްފިއެވެ.
މި ބައިސްކަލްތައް ފުލުހުންގެ ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑް ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އިސްމާއިލް ނަވީން އާއި ހަވާލުކޮށްދެއްވީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަހީރެވެ.
ހަފްލާގައި ވާހަކަ ދައްކަވަމުން ޝަހީރު ވިދާޅުވީ އެސްޓީއޯގެ ސީއެސްއާރު ޕްރޮގްރާމުގެ ދަށުން ކުރީއްސުރެ މޯލްޑިވްސް ޕޮލިސް ސާރވިސް އަށް އެކިއެކި އެހީތައް ވަމުން އަންނަ ކަމަށެވެ.
ކުރިއަށް އޮތް ތަނުގައިވެސް ފުލުހުންގެ މި މިހުއްމު ގައުމީ ވާޖިބު އަދާ ކުރުމުގައި ވެވުނު މިންވަރަކުން އެސްޓީއޯ އިން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެކަމަށް ވިދާޅުވިއެވެ.
ނަވީން ވިދާޅުވީ ވިލިމާލެ ޕެޓްރޯލް ކުރުމަށް އެސްޓީއޯ އިން މި ދެއްވި އެހީއަކީ އެރަށުގައި މޮޓޯ ސައިކަލްގެ ބަދަލުގައި ބައިސްކަލު ދުއްވުމަށް ދެވޭ ހިތްވަރެއްކަމަށް ވިދާޅުވިއެވެ. އަދި އެސްޓީއޯއަކީ އަސާސީ މުހިއްމު ހިދުމަތްތަކެއްވެސް ފޯރުކޮށްދެމުން އަންނަ ގައުމީ ކުންފުންޏެއްކަން ފާހަގަ ކުރައްވައި، އެސްޓީއޯގެ ކަންކަމުގައި ފުލުހުންގެ ފުރިހަމަ އެއްބާރުލުން ކުރިއަށް އޮތްތަނުގައިވެސް ލިބެމުން ދާނެ ކަމުގައި ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް