ފުލުހުންނަށް ދޮގު މައުލޫމާތު ދިން މީހަކު ހައްޔަރުކޮށްފި

ފުލުހުންނަށް ދޮގު މައުލޫމާތު ދިން މީހަކު ހުޅުމާލެއިން ހައްޔަރު ކޮށްފި އެވެ. ފުލުހުން ބުނީ އުމުރުން 29 އަހަރުގެ އެމީހާ ހައްޔަރުކޮށްފައިވަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނާ ޚިލާފު ވެގެން ހިފެހެއްޓުމުން އ...

18 May 2015 | 08:11

ފުލުހުންނަށް ދޮގު މައުލޫމާތު ދިން މީހަކު ހުޅުމާލެއިން ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ އުމުރުން 29 އަހަރުގެ އެމީހާ ހައްޔަރުކޮށްފައިވަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނާ ޚިލާފު ވެގެން ހިފެހެއްޓުމުން އިއްޔެ ކަމަށެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު، އެ މީހާ އަކީ އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ ފަރާތަކަށް ނުވާތީ ޖޫރިމަނާ ކުރުމަށް ހުޅުމާލެ ޕޮލިސް ސްޓޭޝަންއަށް ގެންގޮސް މައުލޫމާތު ސާފުކުރަން އެދުމުން އޭނާ ވަނީ ވަނަވަރު އޮޅުވާލާ ފުލުހުންނަށް ދޮގު މައުލޫމާތު ދީފައި ކަމަށެވެ.

ފުލުހުން ހައްޔަރުކުރި އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް ދެ ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް