ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް އަދި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނާޒިމް މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދީފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނާޒިމް އުމުރު ދުވަހަށް ޖަލަށް ލުމަށް ހުކުމްކުރި ފަހުން މީގެ ކުރިންވެސް ނާޒިމް މާލެ ގެނެސް ފަރުވާ ދީފައިވެ އެވެ.
ނާޒިމްގެ މައްޗަށް ދައުލަތުން އުފުލި މަކަރާއި ހީލަތް ހެދުމުގެ މައްސަލަ ސާބިތުވުމާއި ގުޅިގެން އޭނާ އުމުރަށް ޖަލަށް ލުމަށް ސުޕްރީމް ކޯޓުން ހުކުމްކުރީ މިދިޔަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު އެވެ.
ނާޒިމް އުމުރަށް ޖަލަށް ލުމަށް ހުކުމްކުރުމާއި ގުޅިގެން އޭނާއަށް މެންބަރުކަން ގެއްލި ދިއްގަރު ދާއިރާގެ ގޮނޑި މިހާރު ވަނީ ހުސްވެފަ އެވެ. އަދި އެ ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން އަންނަ މަހުގެ ހަވަނަ ދުވަހު ބޭއްވުމަށް މިހާރު ވަނީ ހަމަޖައްސާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް