އެމްޓީޑީސީގެ މިދިޔަ އަހަރުގެ ސާފު ފައިދާ 13.5 މިލިއަން ރުފިޔާ

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އަށް މިދިއަ އަހަރުގެ ސާފު ފައިދާގެ ގޮތުގައި 13.5 މިލިއަން ރުފިޔާ ލިބިއްޖެ އެވެ. އެ ކުންފުނީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އާމްދަނީގެ ގޮތުގ...

18 May 2015 | 06:36

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އަށް މިދިއަ އަހަރުގެ ސާފު ފައިދާގެ ގޮތުގައި 13.5 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެ ކުންފުނީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އާމްދަނީގެ ގޮތުގައި 221 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެމްޓީޑީސީ އަށް ފައިދާ ނުވާތާ އަހަރުތަކެއް ފަހުން މިދިއަ އަހަރުން ފެށިގެން މިވަނީ ފައިދާވާން ފަށާފައެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓާގައި ވެސް އެމްޓީޑީސީ އަށް ވަނީ 15 މިލިއަން ރުފިޔާގެ ފައިދާ އެއް ވެފައެވެ.

އަހަރީ ހިސާބުތައް އެޕްރިލް 30 ގެ ކުރިން އާއްމުނުކުރުމުން ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ވަނީ އެމްޓީޑީސީ 30،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް