ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް ދިވެހި އަންހެނަކަށް ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
މީޑިއާތަކަށް މަޢުލޫމާތުދެމުން މިއަދު ފުލުހުން ބުނެފައިވަނީ މާލެ، ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅު މައްޗަށް މީހަކު ވެއްޓިފައި އޮތް ކަމުގެ މަޢުލޫމާތު މިއަދު ހެނދުނު 07:23 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓު ކުރި ކަމަށެވެ.
"އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުގެ އެހީތެރިކަމާއެކު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ ވެއްޓިފައި އޮއްވާ ފެނިފައިވަނީ 21 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.
އެ އަންހެން މީހާ ވެއްޓުނީ އިމާރާތެއްގެ ކިތައްވަނަ ފަންގިފިލާއިން ކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ. ނަމަވެސް ސޯޝަލް މީޑިއާގެ ބައެއް ޕޯސްޓްތަކުގައި ބުނާގޮތުގައި އެ އަންހެން މީހާ ވެއްޓިފައިވަނީ އިމާރާތެއްގެ ނުވަ ވަނަ ފަންގިފިލާއިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް