އަބްދުއްރަހީމްގެ ތައުރީފް ރައީސް މުއިއްޒަށް: ތިޔަ ސާބިތުކޮށްދެއްވީ ޖުޑީޝަރީ މިނިވަންކަން

ރައީސް ޔާމީން މިނިވަންވުމާއެކު އަބްދުއްރަހީމް ރައީސް މުއިއްޒަށް ޝުކުރު ދަންނަވައި ތައުރީފު ކުރައްވައިފިއެވެ. އެގޮތުން އަބްދުއްރަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މިއަދު ސާބިތުކޮށްދ...

18 Apr 2024 | 15:38

ރައީސް ޔާމީން މިނިވަންވުމާއެކު އަބްދުއްރަހީމް ރައީސް މުއިއްޒަށް ޝުކުރު ދަންނަވައި ތައުރީފު ކުރައްވައިފިއެވެ.

އެގޮތުން އަބްދުއްރަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މިއަދު ސާބިތުކޮށްދެއްވީ ދިވެހީންގެ ރާއްޖޭގައި ސަރުކާރުން ޝަރީއަތަށް ނުފޫޒު ނުފޯރުވާނޭކަން ކަމަށެވެ.

" ޝަރުޢީ ދާއިރާ އަކީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަންކަމާއެކު ޝަރީޢަތް ކުރުމުގެ ފުރުޞަތު އޮތް ދާއިރާއެއްކަން ޔަގީންކޮށް ދެއްވައިފީމު.ދިވެހީން ބޭނުންވަނީ މަނިކުފާނު ފަދަ ބަހާ ޢަމަލާ ދިމާވާ ވެރިން" އަބްދުއްރަހީމް ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހަތަރު އަހަރާއި ހަތް އަހަރުގެ އެކު ޖުމްލަ 11 އަހަރުގެ ޖަލު ހުކުމް މިއަދު ހައިކޯޓުން ވަނީ ބާތިލުކޮށްފައެވެ. އެއާއެކު ރައީސް ޔާމީނަކީ މިވަގުތު މިވަނީ މިނިވަން ވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް