ދެ ހުކުމްވެސް ބާތިލުކޮށް ރައީސް ޔާމީން މިނިވަންކޮށްފި

ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ދެ ހުކުމްވެސް ބާތިލުކޮށް ހައި ކޯޓުން ރައީސް ޔާމީން މިނިވަން ކޮށްފިއެވެ. އެގޮތުން ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ރިޝްވަތުގެ ކުށުގައި އިއްވާފައި އޮތް ހަ...

18 Apr 2024 | 14:41

ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ދެ ހުކުމްވެސް ބާތިލުކޮށް ހައި ކޯޓުން ރައީސް ޔާމީން މިނިވަން ކޮށްފިއެވެ.

އެގޮތުން ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ރިޝްވަތުގެ ކުށުގައި އިއްވާފައި އޮތް ހަތަރު އަހަރުގެ ޖަލު ހުކުމާއި އަދި ހަމަ އެހެންމެ މަނީ ލޯންޑަރިންގެ ކުށުގައި އިއްވާފައި އޮތް ހަތް އަހަރުގެ ހުކުމް ހައިކޯޓުން މިވަނީ ބާތިލުކޮށްފައެވެ.

މި ދެ ހުކުމް ބާތިލުކުރި ނަމަވެސް މި ދެ މައްސަލަވެސް ރިވިއު ކުރުމަށް ހައި ކޯޓުން ކްރިމިނަލް ކޯޓަށް މިއަދު އަމުރުކޮށްފައިވެއެވެ.

މިއާއެކު ރައީސް ޔާމިން މިނިވަންވެފައިވާއިރު ރައީސް ޔާމީނާއެކު މި މައްސަލައިގާ ހިމެނޭ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްވެސް މިނިވަން ކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް