ހަފްތާ ބަންދުގައި އުތުރަށް މޫސުން ރަނގަޅު ދެކުނަށް ވިއްސާރަ

ހަފްތާ ބަންދުގެ މޫސުމަށް ބަލައިލާއިރު މި ހަފްތާ ބަންދުގައި އުތުރަށް މޫސުން ރަނގަޅު ނަމަވެސް ދެކުނަށް ވިއްސާރަކަމުގައި މެޓުން ބުނެފިއެވެ. އެގޮތުން، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނެފަ...

18 Apr 2024 | 12:44

ހަފްތާ ބަންދުގެ މޫސުމަށް ބަލައިލާއިރު މި ހަފްތާ ބަންދުގައި އުތުރަށް މޫސުން ރަނގަޅު ނަމަވެސް ދެކުނަށް ވިއްސާރަކަމުގައި މެޓުން ބުނެފިއެވެ.

އެގޮތުން، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނެފައިވަނީ ހުކުރު އަދި ހޮނިހިރު ދުވަހުގައިވެސް އުތުރުގެ އަތޮޅުތަކަށް މޫސުން ރަނގަޅުވާނެ ކަމަށެވެ.

ހަފްތާ ބަންދުގައި މެދުރާއްޖޭގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެކަމަށް މެޓުން ބުނެފައިވާއިރު އިތުރަށް ބުނެފައިވަނީ ހުކުރު ދުވަހު ދެކުނުގެ ބައެއް އަތޮޅުތަކަށް ވިއްސާރަ ކުރާނެކަމަށާއި ހޮނިހިރު ދުވަހު ދެކުނުގެ ހުރިހާ އަތޮޅަކަށްވެސް ވިއްސާރަ ކުރާނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް