ދުޢާއަކީ ރައީސް ޔާމީން މިނިވަންވުން: ރައީސް މުއިއްޒު

ދުޢާއަކީ ކުރީގެ ރައީސް، ރައީސް ޔާމީން މިނިވަން ވުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުއިއްޒު މިހެން ވިދާޅުވީ ރޭގައި ކެމްޕޭނު ޖަލްސާއެއްގައި ވާހަކަފުޅު ދައ...

18 Apr 2024 | 00:51

ދުޢާއަކީ ކުރީގެ ރައީސް، ރައީސް ޔާމީން މިނިވަން ވުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ރޭގައި ކެމްޕޭނު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީންގެ މައްސަލަ މިއަދަށް ތާވަލުކޮށްފައިވާއިރު އެކަމަށް އިޝާރާތް ކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ އެ މައްސަލަ މިއަދަށް ތާވަލުވެގެންދިޔުމަކީ ވަރަށް އުފާކުރައްވާކަމެއް ކަމަށާއި މި ސަރުކާރުން ޖުޑީޝަރީއަށް އެއްވެސް ބާރެއް ނުފޯރުވާނެ ކަމަށެވެ. އަދި ހުވާކުރި ދުވަހުން ފެށިގެން އެކަން ހިނގަމުން އަންނަނީ އެމަގުން ކަމުގައި ރައީސް ވިދާޅުވިއެވެ.

"ދުޢާއަކީ އިންސާފުލިބި މިނިވަން ވެގެން އައުން" ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މި ސަރުކާރުން ސިޔާސީ ވެގެން އެއްވެސް މީހަކު ހައްޔަރު ނުކުރާނެ ކަމަށާއި ރައީސް ޔާމީން މިނިވަން ވުމާއެކު ކުރީގެ ހުރިހާ ރައީސުންވެސް މިނިވަންކަމާއެކު އުޅޭ މަންޒަރު ފެނިގެންދާނެ ކަމަށެވެ. އަދި ބަދަލު ހިފުމުގެ ރޫހު މި ސަރުކާރުން އެއްވެސް ގޮތަކަށް ނުގެންގުޅޭނެ ކަމަށެވެ.

ރައީސް ޔާމީން ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް މައްސަލައިގެ ހުކުމް އިއްވަން މިއަދަށް ވަނީ ހައި ކޯޓުގައި ތާވަލުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް