އިންޑިއާ ސަރުކާރުން ދިވެހި ރާއްޖޭގެ ދިފާއީ ބާރު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ގިނަ އަދަދެއްގެ ވެހިކަލް ހަދިޔާ ކޮށްފިއެވެ.
އެމްއެންޑީއެފުން އަދި މި ވެހިކަލްތަކާއި ގުޅޭ މައުލޫމާތު (އަދަދާއި، ބާވަތް) ހާމަކޮށްފައެއް ނުވެއެވެ.
އެހެންނަމަވެސް މިރޭ އެމްއެންޑީއެފުން ބުނެފައިވަނީ އިންޑިއާ ސަރުކާރުން ހަދިޔާ ކޮށްފައިވާ ވެހިކަލްތައް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ބައްލަވައިލެއްވި ކަމަށެވެ. މި މައުލޫމާތާއެކު ހާމަކުރި ފޮޓޯތަކުގައި ޑިފެންސް މިނިސްޓަރު އަރިހުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ އަބްދުﷲ ޝަމާލް އާއި ރާއްޖެއަށް އިންޑިއާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ހުންނެވިއެވެ. އަދި އިންޑިއާގެ ކޯސްޓްގާޑުގެ އިސް އޮފިސަރަކުވެސް އެ ފޮޓޯތަކުން ފެނެއެވެ.
https://twitter.com/MNDF_Official/status/1648378226643976192
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް