ލޮލަށް ބުޅިއެއް ހެރުނު މަސްވެރިއަކު އަވަސް ފަރުވާއަށް ހޮސްޕިޓަލަށް ގެންދިއުމުގައި ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފި

މަސްވެރިކަމަށް ނުކުމެ އުޅުނު "އާއިލާ ދޯނި" ނަމަކަށް ކިޔާ މަސް ދޯނީގައި ހުރި އުމުރުން 34 އަހަރުގެ ފަޅުވެރިޔެއްގެ ލޮލަށް ބުޅިއެއް ހެރިގެން އަވަސްފަރުވާ ދިނުމަށް، ހޮސްޕިޓަލަށް ގެންދިއުމަށް އެމްއެންޑީއެފް...

18 Apr 2023 | 16:01

މަސްވެރިކަމަށް ނުކުމެ އުޅުނު "އާއިލާ ދޯނި" ނަމަކަށް ކިޔާ މަސް ދޯނީގައި ހުރި އުމުރުން 34 އަހަރުގެ ފަޅުވެރިޔެއްގެ ލޮލަށް ބުޅިއެއް ހެރިގެން އަވަސްފަރުވާ ދިނުމަށް، ހޮސްޕިޓަލަށް ގެންދިއުމަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑު ތާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން ބުނެފައިވާގޮތުގައި ދ.ކުޑަހުވަދޫގެ ހުޅަނގު ދެކުނުން 22 ނޯޓިކަލް މޭލު ބޭރުން އެ ދޯނި މަސްވެރިކަން ކުރަމުން ދަނިކޮށް، ފަޅުވެރިއެއްގެ ލޮލަށް ބުޅިއެއްހެރި އަވަސް ފަރުވާބޭނުންވާ ކަމުގެ މަޢުލޫމާތު ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު މެންދުރު 11:34 ހާއިރުއެވެ.

މި މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑު ތާޑް ސްކޮޑްރަންއިން، ހާބަރ ކްރާފްޓުގައި ބަލިމީހާ ވަނީ މިއަދު 13:14 ހާއިރު ދ.އަތޮޅު ހޮސްޕިޓަލަށް ގެންގޮސްދީފައި ކަމުގައި އެމްއެންޑީއެފުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް