ސްލޫކީ ކޮމިޓީއަށް ހާޒިރު ކުރާކަމެއް ޝިޔާމަކަށް ޝުޖާއުއަކަށް ނޭނގޭ

މާލޭ ސިޓީ ކައުންސިލް މެންބަރު އާދަމް ރަމީޒާ ދެކޮޅަށް ޕީޕީއެމް އިން ބަލަމުން އަންނަ ސްލޫކީ މައްސަލައިގައި ހެކިބަސް ދިނުމަށް މިރޭ ހާޒިރުކުރާ ވާހަކައަކީ ދެނެހުރި ވާހަކައެއް ނޫންކަމުގައި ނައިފަރު ދާއިރާގެ...

18 Apr 2023 | 15:48

މާލޭ ސިޓީ ކައުންސިލް މެންބަރު އާދަމް ރަމީޒާ ދެކޮޅަށް ޕީޕީއެމް އިން ބަލަމުން އަންނަ ސްލޫކީ މައްސަލައިގައި ހެކިބަސް ދިނުމަށް މިރޭ ހާޒިރުކުރާ ވާހަކައަކީ ދެނެހުރި ވާހަކައެއް ނޫންކަމުގައި ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް އަދި ސިޓީ ކައުންސިލް މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

މިރޭ މިހާރު ނޫހުގައި ރިޕޯޓްކޮށްފައިވަނީ ރަމީޒާ ދެކޮޅަށް ހެކިބަސް ދެއްވަން ޝިޔާމާއި ސިޓީ ކައުންސިލް މެންބަރު އިބްރާހިމް ޝުޖާއު މިރޭ 09:30 އަށް ސުލޫކީ ކޮމިޓީއަށް ހާޒިރު ކުރަން ވަނީ ނިންމާފައި ކަމަށެވެ.

މިކަމާއި ގުޅޭގޮތުން ދުވަހަށް މައުލޫމާތުދެއްވަމުން ޝިޔާމް މިރޭ ވިދާޅުވީ "ދެނަހުރިކަމެއްނޫން" ކަމަށެވެ. ޝުޖާއު ދުވަހަށް ވިދާޅުވީ އޭނާ ހުރީވެސް ރަށުގައި ކަމަށާއި މިރޭ 09:30 އަށް ތާކަށް ހާޒިރުވާން އަންގާފައިނުވާކަމަށެވެ. އަދި އެއީ ރަނގަޅު ވާހަކައެއްވެސް ނޫން ކަމަށެވެ.

ރަމީޒްގެ ބަލަމުން އަންނަނީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ކަނޑައަޅާފައިވަނިކޮށް މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ކެމްޕޭނު ކުރާކަމަށް ބުނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މިހާރު ނޫހުގައި ރިޕޯޓްކޮށްފައިވާގޮތުގައި ސުލޫކީ މައްސަލައާއި ގުޅިގެން ރަމީޒް މިއަދު އެ ކޮމިޓީއަށް ހާޒިރު ކުރި ކަމަށާއި މާދަމާ އެ މައްސަލައިގާ ގޮތެއް ނިންމާނެކަމަށެވެ.

ރަމީޒް ގެ ސުލޫކީ މައްސަލައެއް ބަލަމުން އަންނަކަން ޕީޕީއެމްއިންވެސް މިހާރު ޔަގީންކޮށްދެއެވެ. އެގޮތުން ދުވަހަށް މައުލޫމާތުދެއްވަމުން ޕްރޮގްރެސިވް ކޯލީޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރަމީޒްގެ ސުލޫކީ މައްސަލައެއް ބަލަމުން އަންނަ ކަމަށާއި އެކަމުގެ ތަފްސީލު އެނގޭނީ ކޮމިޓީން ހާމަކުރުމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް