މި ދުވަސްވަރަކީ ހޫނުގަދަ ދުވަސްތަކަކަށް ވާތީ ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފިއެވެ.
އެގޮތުން މިއަދު ސްޓެލްކޯއިން ބުނެފައިވަނީ އޭޕްރީލް އަދި މެއި މަހަކީ، މި އަހަރު ރާއްޖެއަށް އެންމެ ހޫނު ގަދަވާނެ ދުވަސްތައް ކަމުގައި ކަމާއިބެހޭ އިދާރާތަކުން ވަނީ ލަފާކޮށްފައި ކަމަށާއި އަދި މި ދުވަސްތައް ރޯދަމަހާއި ދިމާވުމުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެފައިވާތީއާއި، އެހެން ދުވަސްވަރުތަކާއި ހިލާފަށް މި ދުވަސްވަރު ޖައްވު ހޫނުވުމުގެ ސަބަބުން ރޭގަނޑު ވަގުތުތަކުގައިވެސް ކަރަންޓު އުފައްދަންޖެހޭ މިންވަރު ވަނީ އިތުރުވެފައިވާކަން ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ.
އެހެންކަމުން ކަރަންޓު ބޭނުން ކުރުމުގައި އިތުރަށް ސަމާލުވެ، ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރާކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް