ހަނދު ސާބިތު ކުރުމުގެ ޖަލްސާ އަންނަ ބުރާސްފަތި ދުވަހުގެ ރޭ

1443 ވަނަ އަހަރުގެ ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމުގެ ޖަލްސާ 20 އެޕްރިލް 2023ވާ ބުރާސްފަތި ދުވަހުގެރޭ ބޭއްވުމަށް ހަމަޖައްސައިފިއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މި ޖަލްސާ އޮންނާނީ ބުރާސްފަތި ދުވަހ...

18 Apr 2023 | 08:33

1443 ވަނަ އަހަރުގެ ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމުގެ ޖަލްސާ 20 އެޕްރިލް 2023ވާ ބުރާސްފަތި ދުވަހުގެރޭ ބޭއްވުމަށް ހަމަޖައްސައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި ޖަލްސާ އޮންނާނީ ބުރާސްފަތި ދުވަހުގެރޭ 20:45ގައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ކަމަށެވެ.

އަދި މި ޖަލްސާގައި ހަނދާބެހޭ ގޮތުން ނިންމާ ނިންމުން އިޢުލާންކުރާއިރު ޓީވީ/ ރޭޑިއޯއިންނާއި މިނިސްޓްރީގެ ފޭސްބުކް ޕޭޖުންވެސް ލައިވްކުރަން ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމަށްޓަކައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ހަނދުބެލުން އޮންނާނެ ކަމަށެވެ.

މިގޮތުން ހަނދު ސާބިތުކުރުމަށްޓަކައި ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް ދިނުމަށް ހަމަޖެހިފައިވަނީ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ.

މީގެ އިތުރުން އިސްލާމިކް މިނިސްޓްރީން ބުނީ ބޭރު ގައުމަކަށް ހަނދު ފެނިއްޖެނަމަ އެ މަޢުލޫމާތު ޙިއްސާ ކުރައްވާނީ ފޮރިން މިނިސްޓްރީން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް